Miskithakah Hamalaadhee 27 Sifain Maralaalaifi
image
އަފްގާނިސްތާނު ސިފައިންގެ ބަޔަކު
0 ކޮމެންޓް
 

މިސްކިތަކަށް ހަމަލާދީ 27 ސިފައިން މަރާލައިފި

އަފްގާނިސްތާނުގެ އަސްކަރީ މަރުކަޒެއްގައި ހުރި މިސްކިތަކަށް އަމާޒުކޮށް، ހުކުރު ދުވަހު ދިން ހަމަލާއެއްގައި އަފްގާނިސްތާނު ސިފައިންގެ 27 މީހަކު މަރާލައިފިއެވެ.
ހުކުރު ނަމާދު ވަގުތު، އެއްޗެއް ގޮއްވާލައިގެން ދިން އެ ހަމަލާގައި ސިފައިންގެ 57 މީހަކު ޒަހަމްވެފައިވާއިރު އެ މީހުންނަށް ހޮސްޕިޓަލްތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

އެ ހަމަލާއަކީ ފިދާއީ ހަމަލާއެއް ކަމެއް ނުވަތަ ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެން ދިން ހަމަލާއެއްކަން ކަށަވަރު ނުވާ ކަމަށް އަފްގާނިސްތާނު ސިފައިން ބުނެއެވެ.

މިސްކިތަށް ދިން ހަމަލާ ކުށްވެރިކޮށް، އަފްގާނިސްތާނުގެ ރައީސް އަޝްރަފް ޤަނީ ވިދާޅުވީ ގޮތުގައި އެ ހަމަލާއަކީ އިސްލާމު ދީނާއި އިންސާނިއްޔަތާއި ދެކޮޅަށް ދިން ހަމަލާއެކެވެ. އިއްޔެ ދިން ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން ނަގާފައިނުވެއެވެ.
އަފްގާނިސްތާން
ހިޔާލު