Taimur Ahannaai Dhurah Fonuvaalan Jehijje Nama Aharen Maruvaane: Kareena
image
ތައިމޫރް އަދި އޭނާގެ މަންމަ ކަރީނާ--
0 ކޮމެންޓް
 

ތައިމޫރު އަހަރެންނާއި ދުރަށް ފޮނުވާލަން ޖެހިއްޖެނަމަ އަހަރެން މަރުވާނެ: ކަރީނާ

ބޮލީވުޑުގެ މަޝްހޫރު ސްޓާ ކިޑް "ތައިމޫރް" އާއި ނުލާ އުޅެން ޖެހިއްޖެނަމަ މަރުވާނެ ކަމަށް އޭނާގެ މަންމަ ކަރީނާ ކަޕޫރް ހާން ބުނެފިއެވެ.
އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ދެ އަހަރު ފުރޭ ތައިމޫރުގެ ފަހަތުން އަބަދުމެހެން ޕަޕަރާޒީން އުޅޭތީ އެކަމާއި ކަންބޮޑުވެ ފިލްމު ކޮންޕޭނިއަންއަށް ދިން އިންޓަވިއުއެއްގައި ކަރީނާ ބުނީ ތައިމޫރަށް ދޭން ބޭނުންވަނީ އާދައިގެ ދިރިއުޅުމެއް ކަމަށެވެ. އެގޮތުން އެހެން ކުދިންނެކޭ އެއްގޮތަށް ކުޅެލަން ބޭރަށް ދިއުމުގެ ފުރުސަތު ދޭން ބޭނުންވާ ކަމަަށާއި ގޭގައި ބަންދުކޮށްގެން ގެންގުޅެން ބޭނުން ނުވާ ކަމަށެވެ.

ޕަޕަރާޒީންގެ އުނދަގުލުގެ ސަބަބުން ވަރަށް އަވަހަށް ތައިމޫރު ބޯޑިން ސްކޫލަކަށް ފޮނުވަން އުޅޭކަމަށް ބުނެ ހަބަރުތައް ފެތުރިފައިވާއިރު އެކަމާއި ގުޅިގެން ކަރީނާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒު ވިއެވެ. ނަމަވެސް މީގެ ކުރިން ދިން އިންޓަވިއުއެއްގައި ތައިމޫރުގެ ބައްޕަ ވަނީ އެކަން ދޮގުކޮށް، ތައިމޫރު ބޯޑިން ސްކޫލަކަށް ފޮނުވާނީ އުމުން 13 އަހަރު ފުރުމުން ކަމަށް ބުނެފައެވެ.

--ކަރީނާ ތައިމޫރާއެކު

އިތުރު ގޮތެއް ނެތިގެން ތައިމޫރު ބޯޑިން ސްކޫލަކަށް ފޮނުވާލަން ޖެހިއްޖެނަމަ މަންމައެއްގެ ހައިސިއްޔަތުން މަރު ވާވަރު ވާނެ ކަމަށް ކަރީނާ ބުނެއެވެ. އެއީ ތައިމޫރާއި ދުރުގައި އުޅުމަކީ ފަސޭހަ ކަމަކަށް ނުވާތީ ކަމަށް ކަރީނާ ބުނެއެވެ.

ތައިމޫރަކީ އުމުރުން 38 އަހަރުގެ ކަރީނާ އާއި ސައިފުގެ ކައިވެންޏަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. ނަމަވެސް ސައިފަށް ބައްޕަ ކިޔާ އިތުރު ދެކުދިން ތިބެއެވެ. އެއީ އަމްރިތާ ސިންގް އާ އޭނާ ކައިވެނިކޮށް ލިބިފައިވާ ސާރާ އާއި އިބްރާހީމެވެ.
ހިޔާލު