Priyanka ge Kaivenigai Prime Minister Modi Baiveri vaanetha?
image
ޕްރިޔަންކާ އާއި މޯދީ.
0 ކޮމެންޓް
 

ޕްރިޔަންކާގެ ކައިވެނީގައި ޕްރައިމް މިނިސްޓަރު މޯދީ ބައިވެރިވާނެތަ؟

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެންޏަށް އިންޑިއާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީ އަށް ދައުވަތު ދީފައިވާއިރު ގިނަ ބައެއްގެ ހިތުގައި މިހާރު އުފެދޭ ސުވާލަކީ މޯދީ އެ ހަފްލާގައި ބައިވެރި ވާނެތޯ ނުވަތަ ނޫންތޯ އެވެ.
އަންނަ މަހު އެކެއްގައި ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރަން ނިންމާފައި ވާއިރު އެ ކައިވެނީގެ ހާއްސަ މެނެމާނެއްގެ ގޮތުން ވަނީ މޯދީއަށް ހާއްސަ ދައުވަތެއް ދީފަ އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ ހަފްލާއަށް މޯދީ އައުމަކީ ޕްރިޔަންކާގެ ވަރަށް ބޮޑު އެދުމެކެވެ. އަދި އެ ދައުވަތަށް މޯދީ އަދި ނޫނެކޭ ބުނެފައެއް ނުވެއެވެ. އަދި ހަފްލާގައި ބައިވެރި ވާނެ ކަމަށް ވެސް ބުނެފަ އެއް ނުވެ އެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނީގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު ރިޕޯޓުތައް ބުނާގޮތުގައި ކައިވެނީގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ސްޓައިލަށެވެ. އަދި ކައިވެނީގެ ހަފްލާގައި ބައިވެރިވާނީ މުޅިއެކު 200 މެހުމާނުން ކަމަށް ވެއެވެ. އެއީ އާއިލާ މީހުންނާއި ގާތް ރަހުމަތްތެރިން ކަމަށް މީޑިއާތަކުން ބުނެ އެވެ.
ހިޔާލު