Aa Contract Aaeku Club Ge Emme Bodu Musaaraeh Libey Kulhuntheriakah Kante
image
0 ކޮމެންޓް
 

ޗެލްސީގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔަކަށް ކާންޓޭ

ޗެލްސީން އެކްލަބުގެ މިޑްފިލްޑަރ ކާންޓާއާއެކު ހަދާފައިވާ އެއްބަސްވުން އާ ކުރުމާއެކު، އެކްލަބުން އެންމެ ބޮޑު މުސާރައެއް ދޭ ކުޅުންތެރިޔާގެ މަގާމް އޭނާއަށް ލިބިއްޖެ އެވެ.
އިތުރު 5 އަހަރަށް ޗެލްސީއަށް ކުޅެން އެއްބަސްވެ ކާންޓޭ މިއަދު ސޮއި ކުރި އެއްބަސްވުމާއެކު އޭނާއަށް ހަފްތާއަކު 290،000 ޕައުންޑުގެ މުސާރައެއް ލިބޭއިރު މިއީ މީގެ ކުރިން ޗެލްސީގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކުޅުންތެރިޔާ ކަމުގައިވާ އެންޑް ހަޒާޑްގެ މުސާރައަށް ވުރެ ވެސް ބޮޑު އަދަދެކެވެ. ހަޒާޑުގެ މުސާރައެއްގެ ގޮތުގައި ޗެލްސީން ކަނޑައަޅާފައިވަނީ ހަފްތާއަކު 200،000 ޕައުންޑުވެ. އެކްލަބުގެ ތިން ވަނައަށް އެންމެ ބޮޑު މުސާރައެއް ލިބޭ ކީޕާރ ކެޕާގެ މުސާރައަކީ ހަފްތާއަކު 192،200 ޕައުންޑެވެ.

އުމުރުން 27 އަހަރުގެ ކާންޓޭގެ މި އެއްބަސްވުމާއެކު އޭނާ 2024 ވަނަ އަަހަރާ ހަމައަށް ޗެލްސީގެ ޖާޒީގައި ފެނިގެންދާނެ އެވެ. އޭނާ އެކްލަބާ ގުޅުނީ މީގެ ދެ އަހަރު ކުރިން، ލެސްޓާ ސިޓީންނެވެ.

ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފައިވާކަން ހާމަ ކުރަމުން ކާންޓޭ ބުނީ ކްލަބުގައި ހޭދަ ކުރި ދެ އަހަރަކީ ވަރަށް އުފާވެރި ދެ އަހަރު ކަމަށާއި ކުރިއަށް އޮތީ ވެސް އުފަލާއި ކާމިޔާބުން ފުރިގެންވާ އަހަރުތަކެއް ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ލެސްޓާ ސިޓީއާއެކު ޕްރިމިއާ ލީގު ތަށި އުފުއްލާލުމަށްފަހު ޗެލްސީއަށް ސޮއި ކުރި ކާންޓޭ ވަނީ ޖެހިގެން އައި އަހަރު އެކްލަބާއެކު ވެސް ޕްރިމިއާ ލީގު ތަށި އުފުއްލާލާފައެވެ.
ހިޔާލު