January Transfer Window Gai Kulhuntheriaku Beynumei Noon
image
ޕެޕް ގާޑިއޯލާ ފޮޓޯ:---
0 ކޮމެންޓް
 

ޖެނުއަރީ ޓްރާންސްފާގައި ކުޅުންތެރިއަކު ބޭނުމެއް ނޫން

ކުރިއަށް އޮތް ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި މެންޗެސްޓާ ސިޓީގެ ސްކޮޑަށް ކުޅުންތެރިއަކު އިތުރު ކުރުމަށް ބޭނުން ނުވާ ކަމަށް އެކްލަބުގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނެފިއެވެ.
މިޙާރު ޕްރިމިއާ ލީގުގެ ތާވަލުގެ އެއް ވަނާގައި އޮތް ސިޓީގެ ކޯޗު މިހެން ބުނެފައިވަނީ ޓެލެގްރާފް ޔޫކޭއަށް ދިން އިންޓަވިއުއެއްގައެވެ.

"އަހަރެންގެ ސްކޮޑާމެދު ވަރަށް ހިތްހަމަޖެހޭ. ޖެނުއަރީގައި އެއްވެސް ކުޅުންތެރިއަކު ގަތުމުގެ ހިޔާލެއް ނެތް." ގާޑިއޯލާ ބުނެފައިވެއެވެ.

އިތުރަށް ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ އޭނާގެ ސްކޮޑާމެދު އިތުބާރު އެބައޮތް ކަމަށާއި ކުރިއަށް އޮތްވާތަނުގައި އަނިޔާގައި ތިބި ކުޅުންތެރިން ވެސް އަނިޔާއިން ސަލާމަތްވެ ޓީމާއަލުން ގުޅޭނެ ކަމަށާއި އެހެން ކަމުން ސިޓީ ވާނީ އިތުރަށް ވަރުގަދަ ކަަމަށެވެ.

މެންޗެސްޓާ ސިޓީގެ ކޯޗު ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި ކުޅުންތެރިއަކު ބޭނުން ނުވާ ކަމަށް ސިޓީގެ ކޯޗު ބުނެފައިވާއިރު އެކްލަބުން ފައިނެންޝަލް ފެއާ ޕްލޭ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ތުހުތަމު ކުރެވޭ މައްސަލައެއް ޔޫއެފާއިން ދަނީ ތަހުގީގު ކުރަމުންނެވެ.
ހިޔާލު