Mission Mangal ge Shooting Taapsee Fashaifi
image
ތާޕްސީ ޕަންނޫ---
0 ކޮމެންޓް
 

'މިޝަން މަންގަލް'ގެ ޝޫޓިން ތާޕްސީ ފަށައިފި

'މިޝަން މަންގަލް'ގެ ޝޫޓިން ތާޕްސީ ޕަންނޫ ފަށައިފިއެވެ.
ފިލްމުގެ ޝޫޓިން ފަށައިފިކަން ތާޕްސީ އިންސްޓާގުރާމު މެދުވެރިކޮށް ހާމަކޮށްފައިވާއިރު އޭނާ ވަނީ ފިލްމުގައި އޭނާ ފެނިގެންދާނެ ގޮތް ވެސް ދައްކާލާފައެވެ. އަދި އެފިލްމުގައި އޭނާއަށް ކިޔާ ނަމާއި ފިލްމުގައި އޭނާ ފެނިގެންދަނީ ނެވިގޭޝަން ކޮމިޝަން ޑިޕާޓުމެންޓުގެ މުވައްޒިފެއްގެ ރޯލުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ފިލްމުގައި ތާޕްސީ އަށް ކިޔަނީ 'ކްރިތިކާ އަގަރްވާލް' އެވެ.

ތާޕްސީގެ އިތުރުން ފިލްމުގައި އަކްޝޭ ކުމާރާއި، ސޮނާކްޝީ ސިންހާ، ވިދްޔާ ބާލަން، ކްރިތީ ކުލާރީ، ސަންޖޭ ކަޕޫރު، ނިތްޔާ މެނެން އަދި ޝަރްމަން ޖޯޝީ ފެނިގެންޑާނެއެވެ. އެފަންނާނުންގެ އިތުރުން އެޓީމަށް ޓެލެގޫ އެކްޓަރެސް ކަޝްމީރާ ޕަރްދޭޝީ ވެސް ވަނީ ދާދި ފަހަކުން ގުޅިފައެވެ.

ރިޕޯޓުތައް ބުނާގޮތުގައި ފިލްމުގެ ޝޫޓިން އަކްޝޭ އަދި ވިދްޔާ ވެސް ފަށައިފިއެވެ. ނަމަވެސް އެކަމާ ގުޅޭ ރަސްމީ އިއުލާނެއް ކޮށްފައެއް ނުވެއެވެ. ފިލްމު ނެރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ އޮގަސްޓު މަހުގެ 15 ގައެވެ.
ހިޔާލު