Manchester Unitedun De Gea Vikkalumah Thayyaru Vanee!?
image
ޑޭވިޑް ޑެހެއާ ފޮޓޯ:---
0 ކޮމެންޓް
 

މެންޗެސްޓާ ޔުނައިޓެޑުގެ ޑެހެއާ ވިއްކާލަން ތައްޔާރުވަނީ!؟

މެންޗެސްޓާ ޔުނައިޓެޑުން އެޓީމުގެ އެއް ނަމްބަރ ކީޕަރ ޑޭވިޑް ޑެހެއާ ދޫކޮށްލުމަށް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އިނގިރޭސި ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުން ޑެހެއާ ވިއްކާލުމަށް ނިންމާފައިވަނީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައެވެ. މި ރިޕޯޓްތައް ބުނާ ގޮތުގައި ޔުނައިޓެޑުން ޑެހެއާ ވިއްކާލަން ނިންމީ އޭނާ އާ އެއްބަސްވުމެއްގައި ސޮއި ކުރުވުމަށް ޔުނައިޓެޑުން ކުރަމުންދާ އެއްވެސް މައްސަލަތަކުން ފެހި ސިގްލަނެއް ނުލިބުނާ ގުޅިގެން އޭނާ ހިލޭ ޓްރާންސްފާއެއްގައި ކްލަބު ދޫކޮށްދިއުމުގެ ބިރު ބޮޑުވުމާ ގުޅިގެންނެވެ.

ޔުނައިޓެޑާއެކު ޑެހެއާ ހަދާފައިވާ އެއްބަސްވުން މިއަހަރުގެ ނިޔަލަށް މުއްދަތު ހަމަވާނެ އެވެ. ނަމަވެސް ބެލެވޭ ޔުނައިޓެޑުން އޭނާގެ ކޮންޓްރެކްޓުގައި ހިމަނާފައިވާ އެއް އަހަރު ދުވަހުގެ އެކްސްޓެންޝަން އެކްޓިވޭޓް ކުރާނެ އެވ.ެ މިއާއެކު އޭނާ 2020 ވަނަ އަހަރާ ހަމައަށް ޔުނައިޓެޑުގެ ކުޅުންތެރިއެއްގެ ގޮތުގައި ހުންނާނެ އެވެ.

ޔުނައިޓެޑުން 28 އަހަރުގެ ޑެހެއާ ވިއްކާލުމަށް ބޭނުން ވަނީ 75 މިލިއަން ޕައުންޑަށްވުރެ ކުޑަ ނުވާ އަގެއްގައެވެ. 2019 ވަނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ޑެހެއާގެ ސޮއި ހޯދުމަށް ގިނަ ކްލަބުތަކަކުން މަސައްކަތް ކުރާނެ ކަމަށް ބެލެވެއެވެ. މި ގޮތުން މި ލިސްޓުގެ އެންމެ ކުރި ޖާގަ ހޯދަނީ ޔުވެންޓަސް އާއި ޕީއެސްޖީ އެވެ.

އެތްލެޓިކޯ މެޑްރިޑުން މެންޗެސްޓާ ޔުނައިޓެޑާ ގުޅުމަށްފަހު ޑެހެއާ ވެގެން ގޮސްފައިވަނީ ޔުނައިޓެޑުގެ އެންމެ މުހިންމު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށެވެ. ވޭތުވެ ދިޔަ ދެ އަހަރު ޖެހިޖެހިން ކްލަބު މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައިވާ ޑެހެއާ ނެތުން ވެގެން ދާނީ ޔުނައިޓެޑަށް ފޫބައްދަން އުނދަގޫ ބަދަލަކަށެވެ.
ހިޔާލު