Anna Mahu Raees Solih India ah Vadaigannavanee
image
ރައީސް ސާލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން.
1 ކޮމެންޓް
 

އަންނަ މަހު ރައީސް ސާލިހު އިންޑިއާ އަށް ވަޑައިގަންނަވަނީ

އަންނަ މަހު ރައީސް އިބްރާހިމް މުހައްމަދު ސާލިހު އިންޑިއާ އަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް، އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވަނީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިހާރު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އަންނަ މަހު ރައީސް ސާލިހު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ. ނަމަވެސް، ރައީސް ސާލިހުގެ އިންޑިއާ ދަތުރާ ގުޅޭ އިތުރު މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.

ރައީސް ސާލިހު ހުވާ ކުރެއްވި ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާލެ އަށް ވަޑައިގެންނެވި އެވެ. އަދި މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ރައީސް ސާލިހު އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ ވެސް މޯދީ އާ އެވެ. ރައީސް ސާލިހު އިންޑިއާ އަށް ވަޑައިގެންނެވުމަށް، އެ ބައްދަލުވުމުގައި މޯދީ ދައުވަތު ދެއްވި އެވެ.

އަންނަ މަހު ރައީސް ސާލިހު އިންޑިއާ އަށް ވަޑައިގެންނެވުމަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާ ތަކުން ބުނާއިރު، ބެލެވޭގޮތުގައި އެ ދަތުރު ވެގެންދާނީ ރައީސް ސާލިހު ރާއްޖޭން ބޭރަށް ކުރައްވާ އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅަށެވެ.

ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާ އަށް ކުރައްވާ ދަތުރުގައި މިއަދު އެ ގައުމުގެ އިސް ވެރިންނާ ބައްދަލު ކުރައްވާނެ އެވެ. އެގޮތުން އެ ގައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކޮށް ދެ ގައުމުގެ ގުޅުންތައް ބަދަހި ކުރުމަށް މަޝްވަރާ ކުރާނެ އެވެ.

އިންޑިއާގެ މީޑިއާތަކުން ބުނާގޮތުގައި، ޝާހިދުގެ ދަތުރުގައި ދެ ގައުމުން ވިސާ އެއްބަސްވުމެއްގައި ސޮއި ކުރާނެ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން ޕްރޮފެޝަލަން މަސައްކަތްތެރިންނަށް ވިސާ ފަސޭހަވެ، އަދި ދެ ގައުމުގައި ދިރިއުޅޭ އާއިލާ މީހުން ކައިރި އަށް ކުރާ ދަތުރުތަކަށް ފަސޭހަ އިން ވިސާ ލިބޭނެ ކަމަށް ބުނެ އެވެ.
ހިޔާލު

އަމީތާބު

އެކަނި ވެރިކަމަށް އާދެވޭ ވަރުގެ ބަޔަކު ރާއްޖޭގަ ނެތް.