Mahesh Babu Aa Bahdhalu Kuran 106 Aharuge Meehaku Hyderabad Ah
image
މަހޭޝް އަދި އޭނާއަށް ބައްދަލުކުރުމަާް ދިޔަ އަންހެން މީހާ---
0 ކޮމެންޓް
 

މަހޭޝް ބާބޫއާ ބައްދަލުކުރަން 106 އަހަރުގެ މީހަކު ހައިދަރުއާބާދަށް

ތަމަޅަ އެކްޓަރު މަހޭޝް ބާބޫއަކީ ތަމަޅަ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ މަޝްހޫރު އެކްޓަރެކެވެ. އެފަދަ މަޝްހޫރު ފަރާތްތަކާއި ބައްދަލުކޮށްލާއި ފޮޓޯ ނަގުމަކީ ގިނަ ސަޕޯޓަރުން ދެކެމުން އަންނަ ހުވަފެނަކަށް ވާއިރު މަހޭޝް އާ ބައްދަލުކުރުމަށް އޭނާގެ 106 އަހަރުގެ ސަޕޯޓަރަކު މިވަނީ ފިލްމުގެ ޝޫޓިންތައް ކުރިއަށްދާ ސަރަހައްދަށް ގޮސްފައެވެ.
އިންޑިއާގެ ސިޓީއެއް ކަމަށްވާ ރާޖަމުންޑްރީއަށް އުފަން އެ ރެލާންގީ ސަތްޔަވާތީ ނަމަކަށް ކިޔާ އެ އަންހެން މީހާ، މަހޭޝްއާ ބައްދަލުކުރުމަށް ގޮސްފައި ވަނީ ހައިދަރުއާބާދަށެވެ. އާއިލާގެ އިތުރު ދެމީހަކާއެކު އޭނާ މަހޭޝް އާ ބައްދަލުކުރުމަށް އެތަނަށް ދިޔައިރު އެއީ ގާތްގަނޑަކަށް 430 ކިލޯ މީޓަރަށް ވުރެ ދުރު ހިސާބެ ކެވެ.

ފިލްމު ޕްރޮޑިއުސް ކުރުމުގެ އިތުރުން ޑައިރެކްޓު ވެސް ކުރަމުން އަންނަ މަހޭޝް ލީޑު ރޯލުން ފެނިގެންދާ ފިލްމު "މަހަރްޝީ"ގެ ޝޫޓިންތައް ކުރިއަށް ދަނިކޮށް ރެލާންގީ އޭނާ އާއި ބައްދަލުކުރުމަށް އެތަނަށް ދިޔައިރު އޭނާ ވަނީ މަސައްކަތުން ބްރޭކެއް ނަގާއި އެ އަންހެން މީހާއާ ވާހަކަ ދައްކާލުމަށް އެތަނުގައި މަޑުކޮށްލާފައެވެ.

އެކަން އުމުރުން 43 އަހަރުގެ މަހޭޝް އޭނާގެ އޮފިޝަލް އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށް ބުނީ، އެ އަންހެން މީހާ އޭނާއަށް ބައްދަލުކުރުމުން ވާ އުފަލަށްވުރެ އެނާ މާބޮޑަށް އުފާވެފައިވާ ކަމަށެވެ. އަދި ސަޕޯޓަރުންގެ ފަރާތުން އޭނާއަށް ލިބެމުން އަންނަ ތަރުހީބާއި ލޯތްބަށް އޭނާ ޝުކުރު އަދާކުރެއެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހުގެ ފަސް ވަނަ ދުވަހު ނެރޭ މަހަރްޝީ ފިލްމަކީ މަހޭޝްގެ 25 ވަނަ ފިލްމެވެ. އޭނާ އެންމެ ފަހުން މަސައްކަތް ކޮށްފައިވަނީ "ބާރަތު އާނޭ ނޭނޫ" އިންނެވެ. އެއީ މިއަހަރުގެ އެޕްރީލު 19 ގައި ނެރުނު ފިލްމެކެވެ. މަހޭޝްގެ ފިލްމުތަކަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމުތަކެއް ކަމުން ބޮކްސް އޮފީހުން ވެސް ބޮޑު ކާމިޔާބެއް އެފިލްމުތަކަށް ލިބެއެވެ.
ހިޔާލު