India in Raajje ah 250-350 Million Dollar ge Ehee Hoadhanee
image
ރައީސް ސާލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީ.-- ފޮޓޯ: އޭޕީ
0 ކޮމެންޓް
 

އިންޑިއާ އިން ރާއްޖެ އަށް 250-350 މިލިޔަން ޑޮލަރުގެ އެހީ ހޯދަނީ

ބަޖެޓުގެ ތާށިކަން ފިލުވުމަށްޓަކައި އިންޑިއާ އިން 250-350 މިލިޔަން ޑޮލަރުގެ އެހީއެއް ބޭނުންވާ ކަމަށް އެ ގައުމުގެ ސަރުކާރާ ހިއްސާ ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ޝާހިދު ވިދާޅުވީ، އެވަރުގެ އެހީއެއް ބޭނުންވާކަން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާ، ރައީސް އިބްރާހިމް މުހައްމަސު ސާލިހު ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ވަނީ ހަގީގީ ދަތިކަމަކާ ދިމާވެފައި. މާދަމާ (މިއަދު) އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރާ އަޅުގަނޑު ބައްދަލު ކުރާނަން. އަދި މި މައުލޫމާތުތައް މިނިސްޓަރަށް ހިއްސާ ކުރާނަން،" ޝާހިދު ވިދާޅުވި އެވެ.

މިއަދު ޝާހިދު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖް އާ ބައްދަލު ކުރައްވާފަ އެވެ. ނަމަވެސް އެއްވެސް ގައުމަކުން އަދި އެ ބައްދަލުވުމުގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.

އާ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އިންޑިއާގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެހެން ގައުމުތަކުގެ އެހީތެރިކަން ވެސް އެކަމަށް ބޭނުންވާ ކަމަށާއި ވަރަށް އަވަހަށް އެ ދަތުރުތައް ފައްޓަވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

އެގޮތުން އިންޑިއާ އިން އެ މަނިކުފާނު ވަޑައިގެންނެވުމަށް ހަމަޖެހިފައި އޮތީ ޔޫއޭއީ އާއި ސައުދީ އަދި ޗައިނާ އަށް ކަމަށް ޝާހިދު ވިދާޅުވި އެވެ.
ހިޔާލު