PSG Aa Gulhen Beynumei Noon: Hazard
image
0 ކޮމެންޓް
 

ޕީއެސްޖީއާ ގުޅެން ބޭނުމެއް ނޫން: ހަޒާޑް

ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވާން ބޭނުންނުވާ ކަމަށް ޗެލްސީގެ ތަރި އީޑަން ހަޒާޑް ބުނެފި އެވެ.
ފްރާންސްގެ ޓީވީ ޗެނަލެއް ކަމުގައިވާ ޗަނަލް+ އަށް ދިން އިންޓަވިއުއެއްގައި ހަޒާޑު ބުނީ ޕީއެސްޖީއާ ގުޅުުމުގެ ޝައުގުވެރި ކަމެއް ނެތް ކަމަށެވެ. ނަމަވެސް އޭނާގެ ކެރިޔަރުގެ ކޮންމެ ވެސް ހިސާބެއްގައި ފަރަންސޭސި ލީގަށް ބަދަލުވާން ޖެހިއްޖެނަމަ އޭނާގެ ފުރަތަމަ ޗޮއިސް އަކަށް ވަނީ ލިލް ކަމަށެވެ. ހަޒާޑް ޗެލްސީއާ ގުޅުމުގެ ކުރިން ކުޅުނީ ފްރާންސްގެ ލިލް އަށެވެ.

ހަޒާޑުގެ އިންޓަވިއުގައި އޭނާ ބުނީ ކުރިމަގާ މެދު އަދި ވަކި ގޮތެއް ނިންމާފައިނުވާ ކަމަށެވެ. އީޑަން ހަޒާޑުގެ ސޮއި ހޯދުމަށް ގިނަ ކްލަބުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މި ރޭހުގެ އެންމެ ކުރީގައި އޮތީ ސްޕެއިންގެ ރިޔާލް މެޑްރިޑެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އެކްލަބުން ވަނީ ހަޒާޑުގެ ސޮއި ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް ޗެލްސީން ވަނީ ހަޒާޑު ވިއްކާލުމަށް ދެކޮޅު ހަދާފައެވެ.

2012 ވަނަ އަހަރު 32 މިލިއަން ޕައުންޑުގެ އަގަކަށް ޗެލްސީއަށް ބަދަލުވީ ހަޒާޑް ވަނީ އެ ކްލަބާއެކު މިހާތަނަށް ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގު އުފުލާލާފައެވެ. ޕްރިމިއާ ލީގުގައި މިހާރު އެންމެ ހުނަރުވެރި ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހަޒާޑު ވަނީ މީގެ ކުރިން ޗެލްސީ ދޫކޮށްލަން ބޭނުންވާ ކަމުގެ އިޝާރާތެއް ވެސް ކޮށްފައެވެ.
ހިޔާލު