Mega Maldives in MIRA ah 70 Million Dhakkan Jehijje
image
މެގަ މޯލްޑިވްސްގެ މަތިންދާބޯޓެއް.-- ފޮޓޯ: މޯލްޑިވްސް އިންސައިޑާ
2 ކޮމެންޓް
 

މެގަ މޯލްޑިވްސް އިން މީރާ އަށް 70 މިލިޔަން ދައްކަން ޖެހިއްޖެ

ބަނގުރޫޓުވެގެން ހުއްޓާލާފައިވާ މެގަ މޯލްޑިވްސް އިން، ޓެކުހައި އިންޓަރެސްޓް އަދި ޖޫރިމަނާގެ ގޮތުގައި މީރާ އަށް 70 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން އަމުރު ކޮށްފި އެވެ.
މީގެ ކުރިން ބޭރުގެ އެތައް މަންޒަލަކަށް އުދުހުނު އެއާލައިން ހިންގި މެގަ ގްލޯބަލް އެއާ ސާވިސް (މޯލްޑިވްސް)ގެ މައްޗަށް ސިވިލް ކޯޓުން މިއަދު އަމުރު ކުރީ ވިތް ހޯލްޑިން ޓެކުހާއި، އިންޓަރެސްޓް އަދި އެ ފައިސާއާ ގުޅޭ ޖޫރިމަނާ ދެއްކުމަށެވެ.

ކޯޓުން މިއަދު އަމުރު ކޮށްފައިވަނީ އެ ފައިސާ ކުރިއަށް އޮތް ހަތަރު ދުވަހުގެ ތެރޭގައި މީރާ އަށް ދެއްކުމަށެވެ.

ޓެކުހާއި އިންޓަރެސްޓް އަދި ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހުނު އިރު، މެގަ މޯލްޑިވްސްގައި ކުރިން އުޅުނު ގިނަ އަދަދެއްގެ މުވައްޒަފުންނަށް މުސާރަ ނުދީ ދިގުލައިގެން ދިއުމުން އެކަމުގެ ޝަކުވާ ވެސް ވަނީ ބޮޑުވެފަ އެވެ.

އޭގެ އިތުރުން އެ ކުންފުނިން އޮޕަރޭޓް ކުރި އިރު ފަހުން ލާރި ދައްކާ ގޮތަށް، ކްރެޑިޓަށް އެހެން ކުންފުނިތަކުން ހޯދި ގިނަ ހިދުމަތްތަކަށް ވެސް ބޮޑެތި އަދަދުތަކުން ފައިސާ ނުދައްކާ އެބައޮތެވެ.

މި ކަންކަމާ ގުޅޭގޮތުން އެ ކުންފުނީގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
ހިޔާލު

ކޮލެޖް ބޯއީ

އިސްތިއުނާފު ކުރައްވާ. އޭރުން ތި ދައްކަން ނުޖެހޭގޮތަކަށް ހަމަޖެހިދާނެ.

ތިލަފަތް

ކޮބައިތޯ ޑިފެންސް މިނިސްޓަރ.