'100 Percent Nudhevenyaa Geygai Madukohlun Rangalhu'
image
މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ފޮޓޯ:---
0 ކޮމެންޓް
 

100 ޕަސަންޓް ނުދެވެންޔާ ކުޅުންތެރިން ގޭގައި މަޑުކޮށްލުން ރަނގަޅު: މޮރީނިއޯ

ކޮންމެ މެޗެެއްގައި ވެސް އެ ކުޅުންތެރިއެއްގެ 100 އިންސައްތަ ޕާފޮމަންސް ދައްކާނުލެވޭ ކުޅުންތެރިން ގޭގައި މަޑުކޮށްލުން ރަނގަޅު ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.
މޮރީނިއޯ މިހެން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގައި ޔަންގް ބޮއިސް އާ ބައްދަލު ކުރާ މެޗުގެ ކުރިން ބޭއްވި ޕްރެސް ބްރީފިންގައެވެ.

"އަހަރެން ބޭނުން ވަނީ ޕްރެޝަރުގައި ވެސް އެންމެ މޮޅު ކުޅުމެއް ދެއްކޭ ކުޅުންތެރިން. 100 ޕަސަންޓް ނުދެވެންޔާ ގޭގައި މަޑުކޮށްލާ. ގޭގައި އޭ މި ބުނަނީ ސްޓޭޑިއަމް ވާހަކައެއް ނޫން. ހަމަ އެކުޅުންތެރިއެއްގެ ގޭގައި މަޑުކޮށްލަން ވީ ޓީ.ވީ ބަލަން." މޮރީނިއޯ ބުނެފައިވެއެވެ.

މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަނުގައި ދައްކަމުން ދާ ދަށްކުޅުމާ ގުޅިގެން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ މޮރީނިއޯ ވަނީ އޭނާގެ ކުޅުންތެރިންނަށް އަމާޒުކޮށް ހޫނު ބަހުގެ ހަމަލާތަކެއް ފޮނުވާލާފައެވެ.

ޕްރެސް ބްރީފިންގައި ވާހަކަ ދައްކަމުން އޭނާ ބުނީ ޔަންގް ބޮއިސް އާ ބައްދަލު ކުރާ މެޗަށް ޔުނައިޓެޑު ނުކުންނާނީ އެއީ ނޮކައުޓް މެޗެއް ކަމަށް ދެކިގެން ކަމަށާއި ފުރަތަމަ މިނެޓުން ފެށިގެން ވެސް ކުޅޭނީ މޮޅުވާން ކަމަށެވެ.

މަދަމާ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޔަންގް ބޮއިސް ގްރޫޕް ސްޓޭޖުގައި ބައްދަލު ކުރާ މެޗަކީ ޔުނައިޓެޑަށް މުބާރާތުގައި ކުރިއަށް ދިއުމަށް މޮޅުވުން މުހިންމު މެޗެވެ.
ހިޔާލު