India in Dhin 50 Million Dollar ge Credit Line Alun Hulhuvaifi
image
ރައީސް ސާލިހު އާއި މޯދީ (މ).
0 ކޮމެންޓް
 

އިންޑިއާ އިން ރާއްޖެ އަށް ދިން 50 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިން ހުޅުވާލައިފި

އިންޑިއާ އިން ކުރިން ރާއްޖެ އަށް ދިން 50 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިން ވަގުތީ ގޮތުން ބަންދު ކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލައިފި އެވެ.
ކްރެޑިޓް ލައިން ހުޅުވާފައިވާ ކަން ހާމަ ކޮށްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ ބައެއް މީޑިއާ ތަކަށް ދިން އިންޓަވިއު އެއްގަ އެވެ. ޝާހިދު ވިދާޅުވީ ކްރެޑިޓް ލައިން ވަގުތީގޮތުން ބަންދު ކޮށްފައި އޮތް އޮތުމަށް، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމާ ހަވާލުވުމާ އެކު ނިމުން އައިސްފައިވާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ ރައީސް ސާލިހު މަހާމާގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ އަށް ވަޑައިގެންފަ އެވެ. އަދި ރައީސް ސޯލިހު ހުވާކުރެއްވުމަށް ފަހު، މޯދީ އާ ބައްދަލު ކުރެއްވި އެވެ.

ޝާހިދު ވިދާޅުވީ، މޯދީ ވަނީ ރައީސް ސާލިހާ ބައްދަލު ކުރެއްވި ދުވަހު އެ ކްރެޑިޓް ލައިން އަލުން ހުޅުވާލާފައިވާ ކަމަށް ވިދާޅުވެފައި ކަމަށެވެ.

ބެލެވޭގޮތުގައި އިންޑިއާ އިން ރާއްޖެ އަށް ހުޅުވާލި 50 މިލިޔަން ޑޮލަރުގެ ކްރެޑިޓް ލައިން ބަންދުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ދެ ގައުމުގެ ގުޅުން ހީނަރުވި ދުވަސްވަރެވެ. އޭރު ދެ ގަމުން ވެސް ވަނީ ވިސާ ނެގުން ވެސް ހަރުކަށި ކޮށްފަ އެވެ.

ކްރެޑިޓް ލައިން އަލުން ހުޅުވާލި ނަމަވެސް، ރާއްޖެ އަށް 250-350 މިލިޔަން ޑޮލަރުގެ ބަޖެޓް ސަޕޯޓް ބޭނުންވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ހިޔާލު