MP Shah JP ah soi kurahvaifi
image
މެމްބަރު ޝާހު ޖޭޕީއަށް ސޮއި ކުރައްވައިފި
3 ކޮމެންޓް
 

މެމްބަރު ޝާހު ޖޭޕީއަށް ސޮއި ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހު މިރޭ ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފިއެވެ.
ޝާހު ޖޭޕީއަށް ސޮއިކުރެއްވީ މިރޭ ޖޭޕީގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޝާހު މިރޭ ޖޭޕީއަށް ސޮއި ކުރެއްވިއިރު ރޭވަނީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ވެސް ޖޭޕީއަށް ސޮއި ކުރައްވާފައެވެ.

ވެރިކަން ބަދަލުވިފަހުން ޖޭޕީއަށް ސޮއިކުރެއްވި އިތުރު މެމްބަރުންގެ ތެރޭގައި، ކަނޑިތީމު ދާއިރާގެ މެމްބަރު މުހަންމަދު ހުސައިނާއި މާވަށު ދާއިރާގެ މެމްބަރު އަހްމަދު އަޒްހާން ފަހުމީއާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިނެނިވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހިމެނި ވަޑައިގަންނަވައެވެ.

މީގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްވެސްވަނީ މި ފަހުން ޕޭޕީއަށް ސޮއިކުރައްވާފައެވެ.

ޖޭޕީ މަޖިލިސް
ހިޔާލު

ޔަސް

ނަސީބު ދެފުއްކެހެރި ތައް ދަނީ

ޭަސުވާލް

ކިޔާމީހާގެ ހިތުގަ ޚަބަރު ކިޔާލުމުން އުފެދޭ އެއްވެސް ސުވާލަކަށް ޖަވާބެއް ނުލިބޭ
ޖޭޕީ އަށް އެވީ ކިތައް މެމްބާރސް..؟ ޕާރޓީ ތަކަށް މެމްބާރސް ބެހިފަވަނީ ކިހިނެއް...؟

އާކާސް މުހައިމިނު ކުޅުއްފުށި

މީނާ ވެސް ކުރީގެ ޕާޓީ ގައި އެއުޅުއްވީ ޤާސިމް ވިދާޅުވެގެން އިގޭތޯ... މީހުންގެ ޢަމަލުތަކާ ހަވާލުވާނީ އެދުވަހުންވެސް ޤާސިމާއި މައުމޫނު ކަމަށް ދެކޭ ދިވެހިން ދެން އަތްޖަހާ... އެއޮތީ އިމުރާނަށް މަޤާމު ދީފަ މަރަށް މަރު ނުހިފާ... އަދާލަތަށް ފޮތި ކާންދީފި...