MDA Member Umar Hussainves JP ah
image
0 ކޮމެންޓް
 

އެމްޑީއޭ މެމްބަރު އުމަރު ހުސައިންވެސް ޖޭޕީއަށް

އެމްޑީއޭގެ މެމްބަރެއްގެ ގޮތުގައި މަނަދޫ ދާއިރާގައި ހުންނެވި މެމްބަރު އުމަރު ހުސައިންވެސް ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަންނަވައިފިއެވެ.
ޖޭޕީގެ ޕާލަމެންޓަރީ ގުރޫޕު ލީޑަރު އަބްދުފ ރިޔާޒު ކުރެއްވި ޓްވީޓެއްގައި ވަނީ އުމަރު ހުސައިންނަށް މަރުހަބާ ދަންނަވާފައެވެ.


ޖުމްހޫރީ ޕާޓީއަށް މިއަދު އުމަރު ހުސައިން ސޮއިކުރައްވާފައިވާއިރު، ރޭ ވެސް އެޕާޓީއަށް ވަނީ ދެ މެމްބަރަކު ސޮއިކުރައްވާފައެވެ. އެއީ ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލީ ޝާހުއެވެ.

އޭގެ އިތުރަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ވެސް ޖޭޕީއަށް ވަނީ ސޮއި ކުރައްވާފައެވެ.

ވެރިކަން ބަދަލުވިފަހުން ޖޭޕީއަށް ސޮއިކުރެއްވި އިތުރު މެމްބަރުންގެ ތެރޭގައި، ކަނޑިތީމު ދާއިރާގެ މެމްބަރު މުހަންމަދު ހުސައިނާއި މާވަށު ދާއިރާގެ މެމްބަރު އަހްމަދު އަޒްހާން ފަހުމީއާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެރޭގައި ހިނެނިވަޑައިގަންނަވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ހިމެނި ވަޑައިގަންނަވައެވެ.

މީގެ އިތުރުން ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީއާއި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްވެސްވަނީ މި ފަހުން ޖޭޕީއަށް ސޮއިކުރައްވާފައެވެ.
ގާސިމް އިބްރާހިމް
ހިޔާލު