Taimur Aai Vahtharu Budhu, Enme Furathama E Aailaa In Libunee Sara Ah
image
ތައިމޫރު އަދި ސާރާ އާއި އިބްރާހީމް--
0 ކޮމެންޓް
 

ތައިމޫރާ ވައްތަރު ބުދު، އެންމެ ފުރަތަމަ އެ އާއިލާ އިން ލިބުނީ ސާރާއަށް

ބޮލީވުޑުގެ މަޝްހޫރު ތަރި ސައިފް އަލީ ހާނާއި ކަރީނާ ކަޕޫރުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ތައިމޫރު އަލީ ހާނަކީ އުމުރުން އެންމެ އެއް އަހަރުގައި ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނަ ސްޓާ ކިޑަކަށް ވާއިރު ދާދިފަހުން އިންޑިއާގެ ބާޒާރުގައި ވަނީ ތައިމޫރުގެ ސިފަވާ ވައްތަރުގެ ބުދެއް އުފައްދާފައެވެ.
އުމުރުން 25 އަހަރުގެ ސާރާ ބޮލީވުޑަށް ތައާރަފުވާ ފިލްމު "ކެދާނަތު" ޕްރޮމޯޓުކުރުމަށް ދާދިފަހުން ސާރާ ވަނީ އޭނާގެ ކޯ ސްޓާ ސުޝާންތު ސިންގް ރާޖުޕުތާއެކު ލަވަ ކިޔުމަށް ހާއްސަ "ސަރެގަމަޕަ" ގައި ބައިވެރިވެފައެވެ. އަދި ޝޯގެ ތެރެއިން ސާރާއަށް ވަނީ ތައިމޫރާއި ވައްތަރު ބުދު ދީފައެވެ.

ސޯޝަލް މީޑިއާގައި މިހާރު އެ ފޮޓޯތައް ދައުރުވަމުން އަންނައިރު ފޮޓޯތަކުން ފެންނަ ގޮތުގައި ސާރާ ވަނީ އޭނާގެ އަތަށް އެ ބުދު ލިބުމާއެކު އުފަލުން ބައްދާލާފައެވެ.

ތައިމޫރާއި ވައްތަރުގެ ބުދު އުފައްދާ އިންޑިއާގައި ވިއްކަމުން އަންނާތީ އޭނާގެ ބައްޕަ ސައިފު ބުނީ، ތައިމޫރުގެ ސަބަބުން މީހުންނަށް ފައިދާވާތީ އުފާ ކުރާ ކަމަށެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ތައިމޫރަށް ދެ އަހަރު ފުރޭނެއެވެ. އެންމެ ކުޑައިރުން ފެށިގެން އޭނާގެ ފަހަތުން ޕަޕަރާޒީން އުޅެއުޅެ ތައިމޫރު މިހާރު އެމީހުންނާއި ވަރަށް ރައްްޓެއްސެވެ. އެގޮތުން އެމީހުން ފެންނަ އިރަށް އަތުގެ އިޝާރާތް ކޮށްލުމާއި ފޮޓޯ ނަގާއި ވަގުތު ހީލާ ހަދައެވެ.

ތައިމޫރަކީ ކަރީނާ އާއި ސައިފުގެ ހުރި ހަމައެކަނި ދަރިފުޅެވެ. ނަމަވެސް ސާރާއަކީ އަމްރިތާ ސިންއާ ކައިވެނިކޮށް ސައިފަށް ލިބިފައިވާ ދަރިއެކެވެ. ސާރާގެ އިތުރުން ފިރިހެން ކުއްޖަކު އެކައިވެންޏަށް ލިބިފައިވެއެވެ.
ހިޔާލު