Joe Jonas Aai Sophie Turner India Ge Saqaafee Hedhumugai Dhushin Tha?
image
ޖޯއީ ޖޯނަސް އާއި ސޯފީ---
0 ކޮމެންޓް
 

ޖޯއީ އާއި ސޯފީ ޓާނާ އިންޑިއާގެ ސަގާފީ ހެދުމުގައި ދުށިންތަ؟

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސްގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް ނިކްގެ އެއްބަނޑު އެއްބަފާއި ބޭބެ، ޖޯއީ ޖޯނަސް އާއި އޭނާގެ ލޯބިވެރިޔާ ސޯފީ ޓާނާ މިވަގުތު ހުރީ އިންޑިއާގަ އެވެ.
އުމުރުން 29 އަހަރުގެ ޖޯއީ އަކީ ވެސް ހޮލީވުޑުގެ މަޝްހޫރު ލަވަކިޔުންތެރި އެކެވެ. އަދި އޭނާގެ ލޯބިވެރިޔާ ސޯފީއަކީ ވެސް ހޮލީވުޑުގައި މަޝްހޫރު ތަރި އެކެވެ. އެގޮތުން އޭނާ ވަނީ މަޝްހޫރު ސީރީޒް "ގޭމް އޮފް ތްރޯންސް" ގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ހޯދާފަ އެވެ.

އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކްގެ ކައިވެނީގެ ކުރިން އިއްޔެ މުމްބާއީގައި ވަނީ އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ހަފުލާތަކެއް ބާއްވާފައެވެ. އެގޮތުން އެ ހަފުލާގައި ނިއުޔޯކަށް އުފަން ނިކް އާއި ޕްރިޔަންކާގެ ވެސް ފެނިފައިވަނީ އިންޑިއާގެ ސަގާފަތާ އެއްގޮތަށް ހެދުން އަޅާފައި ވަނިކޮށެވެ. ޕްރިޔަންކާ މަޑު ނޫކުލައިގެ އަދި މަޑު ފިޔާތޮށި މާތަކެއް ޖަހާފައި ހުރި ހެދުމެއްގައި ފެނުނުއިރު ނިކް ހުރީ މަޑު ފިޔާތޮށި ކުލައިގެ ކުރުތާއެއް ގައެވެ.

ލޯބިވެރިޔާއާއެކު ފުރަތަމަ ފަހަރަށް ޖޯއީ އިންޑިއާއަށް ދިޔައިރު އެހަފުލާގައި އެންމެ ގިނަ ބަޔަކަށް އަޅައިގަތީ ޖޯއީ އާއި ސޯފީ ވެސް އިންޑިއަން ސްޓައިލެއްގައި ފެނުމުންނެވެ. އެގޮތުން އުމުރުން 22 އަހަރުގެ ސޯފީ ފެނިފައިވަނީ ރަތް ކުލަ އާއި ރީނދޫ ކުލައިގެ އިންޑިއަން ހެދުމެއްގައި ހުއްޓާއެވެ. އަދި ޖޯއީ ހުރީ މަޑު ނޫ ކުލައިގެ ކުރުތާއެއް ގައެވެ. މިއީ އެދެމީހުން އިންޑިއަން ސްޓައިލެއްގައި ފެނިގެންދިޔަ ފުރަތަމަ ފަހަރު ވެސް މެއެވެ.

މިއީ އެ ކައިވެނީގައި ބައިވެރިވުމަށް ނިކްގެ އާއިލާ އިން އިންޑިއާއަށް ދިޔަ ފުރަތަމަ ދެ މީހުންނެވެ. ނަމަވެސް ނިކްގެ އެންމެ ދޮށީ ބޭބެ ކެވިން އާއި އޭނާގެ އަންހެން ވެސް މިހާރު ތިބީ އިންޑިއާގައެވެ. މިއަދު ޕްރިޔަންކާ އާއި ނިކްގެ ކައިވެނީގެ ކުރިން ބާއްވާ ހަފުލާތައް ފެށޭއިރު މިއަދު އޮންނާނީ މެހެންދީ ހަފުލާއެވެ. އަންނަ މަހުގެ ދެ ވަނަ ދުވަހު އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގައި ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރާއިރު މިއަދު ފެށޭ ހަފުލާތައް ވެސް އޮންނާނީ އެ ޕެލަސްގައެވެ.
ހިޔާލު