Masverin nah dhinumah sarukaarun mifco ah 37 million ruffiya dheefi
image
މިނިސްޓަރު ހުވަދު އަތޮޅުގައި
0 ކޮމެންޓް
 

މަސްވެރިނަނަށް ދިނުމަށް ސަރުކާރުން މިފްކޯއަށް 37 މިލިއަން ރުފިޔާ ދީފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މިފްކޯއިން މަސްވެރިންއަތުން މަސް ގަތުމަށް ފަހު މަސްވެރިނަނަށް ނުދީ ހުރި ފައިސާ ދިނުމަށް ސަރުކާރުން މިފްކޯއަށް 37 މިލިޔަން ރުފިޔާ ދީފިއެވެ.
މަސްވެރިންނަށް ނުދީ ހުރި ފައިސާ ދިނުމަށް މިފްކޯއަށް ސަރުކާރުން ފައިސާ ހަމަޖައްސައިދންކަން ހާމަކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރި ކަލްޗަރ ޒަހާ ވަހީދު ހުވަދު އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގއ ކޫއްޑޫގައި ހުންނަވާ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއެއްގައެވެ.

މިނިސްޓަރު ވިދާޅުވީ މިހާތަނަށް މިފްކޯއަށް މަސްކިރުވާ ފައިސާ ނުދީހުރި ބިލްތަކަށް ފައިސާ ދިނުމަށް ބޭނުންވާ ފައިސާ މިދިޔަ ހަފްތާގެ ބުދަ ދުވަހާއި ހަމައަށް ސަރުކާރުން މިފްކޯއަށް ދީފައިވާ ކަމުގައެވެ.

މިނިސްޓަރުވަނީ ކޫއްޑޫގެ އިތުރު ހުވަދު އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގަންނަވާފައެވެ. އަދި އެ އަތޮޅުގެ މަސްވެރިންގެ ކަންބޮޑުވުންތައްވެސް މިނިސްޓަރުވަނީ އަޑުއައްސަވާފައެވެ.
ހިޔާލު