Yeh Rishta Kya Kehlata Hai Show Aai Hina Dheneh Nugulheyne
image
ހީނާ ހާން--
0 ކޮމެންޓް
 

ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ ޝޯ އަށް ހީނާ އަލްވަދާއު

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ" ގައި އަކްޝަރާގެ ރޯލުން ފެނިގެންދިޔަ ހީނާ ހާން އަލުން އެޝޯއަށް ނުގުޅޭނެ ކަމަށް އޭނާ ބުނެފިއެވެ.
އަށް އަހަރު ދުވަހުގެ މުއްދަތަކަށް ހީނާ އެ ޝޯ ގައި މަސައްކަތްކޮށްފައިވާއިރު އޭނާ ގިނަ ބައެއްގެ މެދުގައި މަގުބޫލު ވެގެންދިޔައީ ވެސް އެޝޯ ގައި މަސައްކަތް ކުރުމުންނެވެ.

އުމުރުން 31 އަހަރުގެ ހީނާ، އެޝޯ ދޫކޮށްލުމަށް ފަހު އިންޑިއަން ރިއަލިޓީ ޝޯ، ހަތްރޯން ކޭ ހިލާޅީ އާއި ބިގް ބޮސް 11 ގައި ވެސް ބައިވެރިވެފައެވެ. އަދި އޭނާ ވަރަށް އަވަހަށް ބޮލީވުޑަށް ތައާރަފުވާނެ ކަމުގެ އަޑުތައް ފެތުރެމުން އަންނައިރު ހީނާ މިހާރު އަންނަނީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ، ކަސޯޓީ ޒިންދަގީ ކޭ ގެ ދެވަނަ ބައިގައި ކޯމަލިކާގެ ރޯލުގައި މަސައްކަތް ކުރަމުންނެވެ.

ހީނާގެ ފުރަތަމަ ޝޯ، ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭގެ އެންމެ އެޕިސޯޑަކުން ނަމަވެސް އޭނާ ފެނިލުމަށް ގިނަ ސަޕޯޓަރުންތަކެއް އެދެމުން އަންނަނިކޮށް ދާދިފަހުން ވަނީ އޭނާ އެއް އެޕިސޯޑުން ފެންނަން އުޅޭ ކަމަށް ހަބަރުތައް ބުނެފައެވެ. ނަމަވެސް އެކަން ދޮގުކޮށް، ހީނާ ވަނީ ފެތުރެމުންދާ އެފަދަ އަޑުތައް ގަބޫލު ނުކުރުމަށް ސަޕޯޓަރުންގެ ކައިރީ އެދިފައެވެ. އަދި އޭނާ އަލުން އެޝޯއިން ނުފެންނާނެ ކަމަށް ބުނެއެވެ. އެކަމަކު، އެ ޝޯގެ ޓީމަށް ކާމިޔާބު އެދޭކަމަށް އޭނާ ބުނެއެވެ.


ހީނާ އަކީ އިންޑިއާގައި ޓީވީ އެކްޓްރެސްގެ ތެރެއިން އެންމެ ބޮޑު އާމްދަނީ އެއް ލިބޭ އެކަކެވެ. ހީނާ އޭނާ މަޝްހޫރު ވެގެންދިޔަ ޝޯ "ޔޭ ރިޝްތާ ކިޔާ ކެހްލާތާ ހޭ" ދޫކޮށްލާފައިވަނީ 2016 ވަނަ އަހަރެވެ. އެހެންނަމަވެސް، އޭގެ ފަހުން ވެސް އޭނާ އަންނަނީ ތަފާތު އެކި ޝޯތަކުގައި ބައިވެރިވަމުންނެވެ.
ހިޔާލު