Ayushman ge Kuriah oih Filmuge Nan Iulaanu Koffi
image
އަޔުޝްމަން ކުރާނާ---
0 ކޮމެންޓް
 

އަޔުޝްމަންގެ ކުރިއަށް އޮތް ފިލްމުގެ ނަން އިއުލާނު ކޮށްފި

ބޮލީވުޑު އެކްޓަރ އަޔުޝްމަން ކުރާނާގެ ކުރިއަށް އޮތް ފިލްމުގެ ނަން އިއުލާނު ކޮށްފިއެވެ.
ރާޖް ޝާންދިލްޔާ ލިޔެ، ޑައިރެކްޓުކުރާ އެފިލްމުގެ ނަން ވީޑިއޯއެއް މެދުވެރިކޮށް ހިއްސާކޮށްފައިވާއިރު އެ ވީޑިއޯގައި ފެނިގެންދަނީ އަޔުޝްމަން ފިލްމެއް ހެދުމަށްޓަކައި ހިޔާލެއް ނުލިބިގެން އުޅޭ މަންޒަރެވެ. އަދި އެކިމީހުންގެ ހިޔާލު އަޑުއެހުމަށްފަހު ވެސް އޭނާއަށް ކަމުދާ ހިޔާލެއް ނުލިބެއެވެ. އެންމެ ފަހުން އޭނާއަށް ހިޔާލެއްގެ ބަދަލުގައި ފިލްމުގެ ސްކްރިޕްޓެއް ލިބޭ މަންޒަރު ފެނިގެންދެއެވެ.

އެސުކްރިޕްޓު ކިޔާލުމަށްފަހު އެއީ އޭނާގެ ކުރިއަށް އޮތް ފިލްމުކަން ވަނީ ހާމަކޮށްފައެވެ. އެގޮތުން އެފިލްމަށް ކިޔަނީ 'ޑްރީމް ގާލް' އެވެ. އޭކްތާ ކަޕޫރު ޕްރޮޑިއުސް ކުރާ އެފިލްމުގައި އަޔުޝްމަން އާއެކު ފެނިގެންދާނީ ނުޝްނަތު ބަރޫޗާއެވެ. މިއީ އެދެތަރިން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

އަޔުޝްމަން މިއަހަރު ދެ ފިލްމެއްގައި މަސައްކަތް ކޮށްފައިވާއިރު އެދެފިލްމަށް ވެސް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. އެދެ ފިލްމަކީ "އަންދާދުން" އާއި "ބަދާއި ހޯ"އެވެ. ނުޝްރަތު އެންމެ ފަހުން ފެނިގެން ދިޔައީ "ސޯނު ކެ ޓީޓޫ ކި ސުވިޓީ" އިންނެވެ. އަދި އޭނާ މިހާރު ވަނީ ހަންސަލް ޑައިރެކްޓު ކުރާ ފިލްމު "ތުއްރާމް ހާން" ގައި މަސައްކަތް ކުރަން ނިންމާފައެވެ.
ހިޔާލު