Japange cybersecurity Minisiter Dhuvahakuves Computer Beynumeh Nukurey
image
ޖަޕާނުގެ ސައިބަރސެކިއުރިޓީ އަދި އޮލިމްޕިކްސް މިނިސްޓަރު ޔޮޝިޓާކާ ސަކުރާޑާ ފޮޓޯ - ބީބީސީ
1 ކޮމެންޓް
 

ޖަޕާނުގެ ސައިބަރސެކިއުރިޓީ މިނިސްޓަރު ދުވަހަކުވެސް ކޮމްޕިއުޓަރެއް ބޭނުންނުކުރޭ

ޖަޕާނުގެ ސައިބަރސެކިއުރިޓީ އަދި އޮލިމްޕިކްސް މިނިސްޓަރު ޔޮޝިޓާކާ ސަކުރާޑާ، 68 ދުވަހަކުވެސް ކޮމްޕިއުޓަރު ބޭނުން ނުކުރައްވާކަމަށް ވިދާޅުވެއްޖެއެވެ.
ޖަޕާނުގެ ޤާނޫނުހަދާ މަޖިލީހުގައި ސަކުރާޑާ ވިދާޅުވެފައިވަނީ، 2020 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސަމާ އޮލިމްޕިކްސްގެ ސައިބަރ ސެކިއުރިޓީ ހުރިހާކަމެއް އޭނާއާއި ހަވާލުކޮށފައިވީނަމަވެސް، އޭނާ ދުވަހަކުވެސް ކޮމްޕިއުޓަރ ބޭނުންނުކުރައްވާކަމަށެވެ.

ސަކުރާޑާ ވަނީ 22 އަހަރު ވަންދެން ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުކަން ކުރައްވާފައެވެ. ޖަޕާނުގެ ބޮޑުވަޒީރު ސަކުރާޑާ އާއި މިނިސްޓަރުކަން ހަވާލުކުރައްވާފައިވަނީ ނޮވެމްބަރު މަހުގެ ފަހުކޮޅުއެވެ.

ޖަޕާނުގެ މަޖިލީހުގެ ކޮމެޓީއެއްގެ މެމްބަރަކު ޔޮޝިޓާކާ އަށް ކޮމްޕިއުޓަރު ބޭނުންކުރައްވަން އެނގިލައްވާތޯ ސުވާލުކުރުމުން، އޭނާ ވިދާޅުވި، "އެފަދަ މަސައްކަތްތައް އަޅުގަނޑު އަބަދުވެސް ހަވާލުކުރަނީ ސެކެރެޓަރީއާއި" ކަމަށެވެ. އަދި "އަޅުގަނޑު ދުވަހަކުވެސް ކޮމްޕިއުޓަރު ބޭނުމެއް ނުކުރަން" ކަމަށް އޭނާ ވިދާޅުވިއެވެ.
ޖަޕާން ސައިންސް
ހިޔާލު

ގޭންގު ނޫން ގޮލާ

ހާދަ ކުރީގެ ހަބަރެކޭ މީ