ސްކޫލް ކުދިން އިންޓަވަލަށް ގެންދާވަރަށް ބަނގުރާ އާއްމުވެއްޖެ: ނާޒިމް ރަޝާދު
image
ނާޒިމް ރަޝާދު: ރަލާއި އޫރުމަސް އެތެރެކުރުން މަނާކުރުމަށް ޤާނޫނަށް އިސްލާހު ގެނައުމަށް ނާޒިމްވަނީ ހުށައަޅުއްވާފަ
0 ކޮމެންޓް
 

ސްކޫލް ކުދިން އިންޓަވަލަށް ގެންދާވަރަށް ބަނގުރާ އާއްމުވެއްޖެ: ނާޒިމް ރަޝާދު

ދިވެހިރާއްޖޭގައި ބަނގުރާ އާއްމުވެ ބައެއް ސްކޫލްކުދިން ސްކޫލްގެ އިންޓަވަލަށް ބަނގުރާ ގެންދާ ހިސާބަށް ރާއްޖޭގައި ބަނގުރާ އާއްމުވެފައިވާކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ނާޒިމް ރަޝާދު ވިދާޅުވެއްޖެއެވެ.
"ދިވެހިރާއްޖެއަށް ގެނައުންމަނާ ތަކެތީގެ ޤާނޫނަށް" އިސްލާހް ގެނައުމުގެ ބިލަށް ނާޒިމް ރަޝާދު ހުށައަޅުއްވާފައިވާ ބިލުގެ އިބްތިދާއީ ބަހުސް ފެއްޓެވުމުގެ ގޮތުން މަޖިލީހުގައި މިއަދު ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ ކޮންމެ މީހަކަށްވެސް ފަސޭހައިން ވާސިލްވެވޭވަރަށް މިއަދު ރާއްޖޭގައި ރާ އާއްމުވެފައިވާކަމަށެވެ. ނާޒިމް ވިދާޅުވީ ގޭގޭގެ ސިޓިންގ ރޫމްގައި މިހާރު ފަސޭހައިން ރާލިބެން ހުންނަކަމަށް މައުލޫމާތު ލިބޭކަމަށެވެ.

"ދިވެހިރާއްޖެއަށް ގެނައުންމަނާ ތަކެތީގެ ޤާނޫނަށް" ނާޒިމް ހުށައެޅުއްވި އިސްލާހަކީ ރަލާއި އޫރުމަހަކީ އެއްވެސް ގޮތަކަށް ރާއްޖެއަށް ގެނައުން މަނާ ތެކިތިކަމަށް ކަނޑައެޅުމަށް ހުށައެޅުއްވި އިސްލާހެކެވެ.

ނަމަވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން މަޖްލިސް ފެށުމަށް ހަމަޖެހިފައިވާ ވަގުތަށްވުރެ ފަހުން މިއަދު ފެށި ޖަލްސާ މި މި އިސްލާހް ހުށައެޅުމަށްފަހު 20 މިނެޓެއްހާއިރުފަހުން ކޯރަމް ގެއްލިގެން މިހާރުވަނީ އަނެއްކާވެސް މެދުކަނޑާލާފައެވެ. ދެން މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދާނީ ކޯރަމް ހަމަވެއްޖެނަމަ 9:50 ގައި ކަމަށް ރިޔާސަތުން ވިދާޅުވިއެވެ. ޖަލްސާ މެދުކަނޑާލިއިރު މަޖިލީހުގެ 76 މެމްބަރުންގެ ތެރެއިން މަޖިލީހުގެ ތަޅަމުގައި ތިއްބެނީ އެންމެ 16 މެމްބަރުންނެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު