Sarukaaru Dhemehettumah Gulhigen Kuranjehey Huriha Massakathakah Thayyaaru: Ali Zahir
image
0 ކޮމެންޓް
 

ސަރުކާރު ދެމެހެއްޓުމަށް ގުޅިގެން ކުރަން ޖެހޭ ހުރިހާ މަސައްކަތަކަށް ތައްޔާރު: އަލީ ޒާހިރު

މި ސަރުކާރު ދެމެހެއްޓުމަށް ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ތައްޔާރަށް ތިއްބެވި ކަމަށް އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ޗީފް އޮފް ސްޓާފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސަރުކާރު ބަލިކަށިކޮށްލަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.


"މެޖޯރިޓީ ރައްޔިތުންގެ އިހްސާސަތަކާއި އުއްމީދުތަކާއި އެއްގޮތަށް ގުޅިގެން އުފެދުނު ސަރުކާރު، އެގޮތުގައި ކުރިއަށް ގެންދިއުމަށް ކުރަންޖެހޭ ހުރިހާކަމެއް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް" އަލީ ޒާހިރު ވިދާޅުވިއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއިން 87 ދާއިރާއަކަށް ވާދަ ކުރުމަށް ރޭ ނިންމާފައި ވަނިކޮށެވެ. އަދި ރޭ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުން މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން ހަތަރު ލީޑަރުން ރަސްމީކޮށް ބައްދަލުވުމުގެ ކުރިން އެ މަނިކުފާނު އެތައް ފަހަރަކު އެހެން ލީޑަރުންނާ އެކު ވަކިވަކިން އެތައް ފަހަރަކު ވާހަކަފުޅު ދެއްކެވި ކަމަށެވެ. ނަމަވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް އާއީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ވިދާޅުވަމުން ގެންދެވީ ކޯލިޝަން ސަރުކާރުގައި ހިއްސާ ބެހި ގޮތަށް، އެ މިންވަރަށް އެމްޑީޕީން މަޖިލީސް އިންތިހާބުގައި ވާދަ ކުރުމަށް ކަމަށެވެ.

ކޯލިޝަން އެއްބަސްވުމުގައި ސަރުކާރުގެ ހިއްސާ ބަހާފައި އޮތް ގޮތުން ނަމަ އެމްޑީޕީ އަށް ކުރިމަތި ލެވޭނީ 35 ދާއިރާ އަކަށެވެ. ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ އަށް އެގޮތަށް އެއްބަސް ނުވެވުނު ކަމަށެވެ.

ހަތަރު ލީޑަރުން އެމްޑީޕީ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ހާއްސަކޮށް ރައީސް މައުމުނާއި، ޝެއިހް އިމްރާނަށް އެ ގޮތަށް އެއްބަސް ނުވެވުނު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވަނީ ޖުމްހޫރީ ޕާޓީން ކޮންމެ ވެސް ވަރަކަށް ދޫ ދެއްވި ކަމަށް އިޝާރާތް ކުރައްވާފަ އެވެ.
ހިޔާލު