Priyanka Aai Nick Kaiveni Koh Photo Thah ves Aanmu Koffi
image
ޕްރިޔަންކާ އާއި ނިކް--
0 ކޮމެންޓް
 

ޕްރިޔަންކާ އާއި ނިކް ކައިވެނި ކޮށް ޕޮޓޯތައް ވެސް އާއްމުކޮށްފި

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ލޯބިވެރިޔާ ނިކް ޖޯނަސް ކައިވެނިކޮށްފި އެވެ.
އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކްގެ ކައިވެނީގެ ހަފުލާ އޮތީ އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގައެވެ. ރޭ އިރާކޮޅުގެ ވަގުތެއްގައި އެދެތަރިން ކައިވެނި ކުރިއިރު ކައިވެންޏަށް ފަހު ވަނީ ހަވާ ވެސް އަރުވާފައެވެ.

ކައިވެނި ކުރިކަން އިއުލާނުކުރުމަށް ފަހު ޕްރިޔަންކާ އާއި ނިކް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެމީހުންގެ ސަޕޯޓަރުންނަށް އެކަން އަންގާފައެވެ. އަދި ކައިވެނީގެ ކުރިން އޮންނަ މެހެންދީ ހަފުލާގެ ފޮޓޯތައް ވެސް އެދެތަރިން ހިއްސާކުރި ނަމަވެސް މިހާތަނަށް ކައިވެނި ކުރިއިރުގެ ފޮޓޯއެއް ހިއްސާކޮށްފައެއް ނުވެއެވެ.

ނިއު ޔޯކަށް އުފަން ނިކްގެ ކައިވެނީގެ ހަފުލާގައި ބައިވެރިވުމަށް އޭނާ މުޅި އާއިލާ މިހާރު ތިބީ އިންޑިއާ ގައެވެ. އިއްޔެ އެމީހުން އިންޑިއަން ސްޓައިލަށް ކައިވެނި ކުރިިއިރު މިއަދު ވެސްޓާން ސްޓައިލަށް ކައިވެނި ކުރާނެއެވެ.

މިއީ ބޮލީވުޑުގެ ގިނަ ތަރިންތަކެއް ކައިވެނި ކުރަމުން އަންނަ ދުވަސް ވަރެކެވެ. އެގޮތުން ދާދިފަހުން ރަންވީރާއި ދީޕިކާ ކައިވެނި ކުރިއިރު މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާ ވެސް ވަރަށް އަވަހަށް ކައިވެނި ކުރާނެއެވެ. އަދި ރާކީ ވެސް ކައިވެނި ކުރަން އުޅޭ ކަން އޭނާ އިއުލާނުކޮށްފައިވާއިރު ވަރަށް އަވަހަށް އަރުޖުން އާއި މަލައިކާ ކައިވެނި ކުރާނެ ކަމަށް ވެސް އަޑުތައް އަންނަނީ ފެތުރެމުންނެވެ. އަދި އާލިއާ އާއި ރަންބީރު ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް ވެސް އަރައެވެ.
ހިޔާލު