Raees Maumoon Soi Nukurevveekee Noon, Thin Leaderunge Nimmumah Ihuthiraam Kuravvaane: MRM
image
1 ކޮމެންޓް
 

ރައީސް މައުމޫނު ސޮއިނުކުރެއްވީ ނޫން، ތިން ލީޑަރުންގެ ނިންމުމަށް އިހްތިރާމް ކުރައްވާނެ: އެމްއާރުއެމް

އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބުގެ ކުރިން ވެފައިވާ އެއްބަސްވުމުގައި ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ފަރާތުން އޭރު ސޮއިނުކުރެވުނީ ކަންތައް ދިމާވި ގޮތުން ކަމަށާއި، އެހެން ނަމަވެސް އަނެއް ތިން ލީޑަރުންގެ ނިންމުމަށް އިހްތިރާމް ކުރައްވާނެ ކަމަށް ރައީސް މައުމޫނު ރިފޯމް މޫމަންޓުން ބުނެފިއެވެ.
ޕީޕީއެމްގެ ކުރީގެ ސެކެރެޓަރީ ޖެނެރަލް އަބްދުލް އަލީމް އާދަމް ސީއެންއެމަށް ވިދާޅުވީ ރައީސް މައުމޫނުގެ ފަރާތުން އޭރު އެއްބަސްވުމުގައި ސޮއި ނުކުރެއްވުނު ނަމަވެސް އަނެއް ތިން ލީޑަރުން ނިންމަވާ ގޮތަކަށް އިހްތިރާމްކޮށް އެއަށް އަމަލު ކުރައްވާނެ ކަމަށެވެ.

"އޭރު ރައީސް މައުމޫނު ޖަލުގައި ހުންނެވުމުން ކޮންޓެކްޓް ކުރަން އުދަނގޫވި. ކުއްލިއަކަށް އެއްރޭ މި އެއްބަސްވުމެއް އައީ. އޭރު ރައީސް މައުމޫނާއި ޖަލުން ބައްދަލުވެސް ނުކުރެއްވޭ. އެހެންވެ އޭރު ސޮއި ނުކުރެވި އޮތީ" އަލީމް ވިދާޅުވިއެވެ.

އަލީމް ވިދާޅުވީ އަނެއް ތިން ލީދަރުންގެ ނިންމުމަށް އިހްތިރާމް ކުރައްވައި ރައީސް މައުމޫނު ކެބިނެޓަށާއި ސިޔާސީ މަގާމުތަކަށްވެސް ނަންތައް ފޮނުއްވި ކަމަށެވެ.

"އަޅުގަނޑުމެން ވާނީ އަނެއް ތިން ލީދަރުޔންގެ ނިންމުމަށް އިހްތިރާމް ކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ދޫކޮށްލާފައި. އަދި ޕާޓީތަކުން އެއްބަސްވެފައިވާގޮތަށް ކެބިނެޓަށާއި އެހެން މަގާމުތަކަށްވެސް 20 ޕަސެންޓަށްވާ ވަރަށް ނަންތައްވެސް ފޮނުވާފައި ވަނީ" އަލީމް ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ރޭ ހަތަރު ޕާޓީގެ ފަރާތުން އެއްބަސްވުންތަކެއްވެ، ސޮއިކުރައްވާފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކުގައެވެ. އެހެން ނަމަވެސް އެ އެއްބަސްވުމުގައި ރައީސް މައުމޫނުގެ ފަރާތުން ސޮއިކުރައްވާފައެއް ނުވެއެވެ. އެ އެއްބަސްވުންތަކުގެ ތެރެއިން އެމްޑީޕީން ވި އެއްބަސްވުން ލީކްކޮށްލާފައިވާއިރު، އަދާލަތުން ވަނީ އެޕާޓީގެ އެއްބަސްވުން އާއްމުކޮށްފައެވެ.

އަދާލަތު ޕާޓީގެ ނައިބް ރައީސް އަލީ ޒާހިރާއި، އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް އިބޫ ސޮއިކުރައްވާފައިވާ އެއްބަސްވުމުގައި ވަނީ ސަރުކާރުން 40 ޕަސެންޓް އެމްޑީޕީއަށް، 25 ޕަސެންޓް ޖޭޕީއަށް، ރައީސް މައުމޫނަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީއަށް 15 ޕަސެންޓް ދިނުމަށް އެމްޑީޕީން އެއްބަސްވާ ކަމަށެވެ. އަދި އެގޮތަށް 2019 ވަނަ އަހަރު އާއްމު އިންތިހާބާއި 2020 ގައި އޮންނަ ކައުންސިލް އިތިހާބުގައި އަމަލު ކުރުމަށެވެ.
ހިޔާލު

ބިސް

ބިސް! މޮޅެތި ވާހަކަނުދައްކާ! މީގެ ކުރިންވެސް ގޮޅީގަ އޮވެގެން ސޮއެ ކުރަން ބޭނުންވި އެއްޗެއްގަ އޮތީ ސޮއެ ކޮށްފަ. ބޭނުންވި ވަރަށް ބޯކިބާ ނުދީގެން ބޮޑާ ހާކާފަ އެހެރީ. މި ކޯލިށަން ލަިގެން ނުވާނެ މިކަމެއް.