Game of Thrones Ge Thari Sophie Aai Nick Ge Beybe Anna Aharu Kaiveni Kuranee
image
ސޯފީ އާއި ޖޯއީ---
0 ކޮމެންޓް
 

ގޭމް އޮފް ތްރޯންސްގެ ތަރި ސޯފީ އާއި ނިކްގެ ބޭބެ އަންނަ އަހަރު ކައިވެނި ކުރަނީ

މަޝްހޫރު ޓީވީ ސީރީޒް ގޭމް އޮފް ތްރޯންސްގެ ތަރި ސޯފީ ޓާނާ އާއި އޭނާގެ ލޯބިވެރިޔާ އަދި ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ޖޯއީ ޖޯނަސް އަންނަ އަހަރު ކައިވެނި ކުރަން އުޅޭކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.
ޖޯއީގެ ކޮއްކޮ، ނިކް މީގެ ދެ ދުވަސް ކުރިން މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި އިންޑިއާގައި ކައިވެނިކޮށްފައި ވަނިކޮށް ޖޯއީ އާއި ސޯފީ ކައިވެނި ކުރާކަމުގެ އަޑުތައް ފެތުރުނުއިރު ހަބަރުތައް ބުނާ ގޮތުގައި އެދެތަރިން ކައިވެނި ކުރާނީ ފްރާންސްގައެވެ.

ދެހާސް ސޯޅަވަނަ އަހަރު އެދެމީހުން އެކަކު އަނެކަކާއި ފުރަތަމަ ބައްދަލުވިއިރު އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނީ ވަރަށް ސިއްރުންނެވެ. ނަމަވެސް މިދިޔަ އަހަރު ދެމީހުން އެންގޭޖުވުމަށް ފަހު އެކަން މުޅި ދުނިޔެއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައެވެ.

އުމުރުން 29 އަހަރުގެ ޖޯއީ އާއި 22 އަހަރުގެ ސޯފީ އެންގޭޖުވުމަށް ފަހު އެންމެ ފުރަތަމަ ޗުއްޓީއެއް ހޭދަކޮށްލުމަށް އައިސްފައި ވަނީ ރާއްޖެ އަށެވެ.

ހޮލީވުޑުގައި މަސައްކަތް ކުރާ ސޯފީ، ގިނަ ބައެއްގެ މެދުގައި މަގްބޫލުވެފައި ވަނީ ގޭމް އޮފް ތްރޯންސްގައި ސަންސާ ސްޓާކްގެ ބައި ކުޅުމުންނެވެ.

ޖޯއީ އަކީ އެމެރިކާގެ މިއުޒިކް ބޭންޑެއް ކަމަށްވާ ޑީއެންސީއީގެ ލީޑް ލަވަކިއުންތެރިޔާއެވެ. އަދި އޭނާ ވަނީ 'ހަނަ މޮންޓާނާ' ފިލްމުގައި ވެސް މަސައްކަތް ކޮށްފައެވެ. މީގެއިތުރުން ޖޯއީ ވަނީ އޭނާގެ ބޭބެމެންނާއެކު "ޖޯނަސް ބްރަދާސް" ގެ ނަމުގައި މިއުޒިކް ބޭންޑެއް އުފައްދާފައެވެ. ނަމަވެސް 2013 ވަނަ އަހަރު އެ ބޭންޑު ވަނީ ރޫޅިފައެވެ.
ހިޔާލު