Prof Ugail, Minister Maleeh ah Muhimmu Fas Kameh
image
ޕްރޮފެސަރު އުގައިލް: މިނިސްޓަރު މަލީހަށް ވަނީ މުހިންމު ކަންތައްތަކެއް ހުށަހަޅުއްވާފައި.-- ފޮޓޯ: ޓްވީޓާ/ޕްރޮފެސަރު އުގައިލް
0 ކޮމެންޓް
 

ޕްރޮފެސަރު އުގެއިލް، މިނިސްޓަރު މަލީހަށް މުހިންމު ފަސް ކަމެއް ހުށަހަޅުއްވައިފި

ޕްރޮފެސަރު ހަސަން އުގައިލް، ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލަށް މުހިންމު ފަސް ކަމެއް ހުށަހަޅުއްވައިފި އެވެ.
ރާއްޖޭގައި ސައިންސާއި ޓެކްނޮލިޖީގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރުމަށް މިނިސްޓަރު މަލީހު އަންނަނީ އެކި ދާއިރާތަކުގެ ތަޖުރިބާކާރުންނާ ބައްދަލު ކުރައްވަމުންނެވެ. އެގޮތުން މިނިސްޓަރު މަލީހު އާ ބައްދަލުކޮށް ހުށަހެޅި ފަސް ކަމެއް ޕްރޮފެސަރު އުގައިލް ވަނީ ޓްވިޓާގައި ހާމަ ކޮށްފަ އެވެ.

އުގައިލްގެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ، ސައިންސް، ޓެކްނޮލިޖީ، އިންޖިނިއަރިން، އާޓްސް، އަދި ހިސާބު ރާއްޖޭގެ ކަރިކިއުލަމަށް، ހުރިހާ ލެވަލެއްގައި ތައާރަފް ކުރުމަށެވެ. އޭގެ އިތުރުން މިއަދުގެ ދުނިޔޭގައި، ސައިންސާއި ޓެކްނޮލޮޖީގެ މުހިންމުކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ މަސައްކަތް ކުރުމަށް އުގައިލް ވަނީ ހުށަހަޅާފަ އެވެ.

ގައުމީ ސައިންސް ފައުންޑޭޝަނަކާއި، ސައިންސް ޕާކެއް ހެދުމަށް ވެސް އުގައިލް ވަނީ މިނިސްޓަރަށް މަޝްވަރާ އަރުވާފަ އެވެ. އެގޮތުން އެ ޕާކުގައި އެ ޕާކު ވެގެންދާނީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ މައި ތަން ކަމަށާއި، އެ ތަނުގައި ލައިބްރަރީ އާއި ކޮމްޕިއުޓާ ލެބުތަކުގެ އިތުރުން ބިޒްނަސް އިންކިއުބޭޓަރު ތައް ހުންނަންވާނެ ކަމަށް ޕްރޮފެސަރު އުގައިލް ވިދާޅުވި އެވެ.

އެ ތަނަކީ، ދަރިވަރުންނާއި ޒުވާނުން އަދި ހަރު މީހުން ގުޅިގެން އެކުގައި ސައިންސާ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަންކަމަށް ހައްލުތައް ހޯދާދޭނެ ތަނަކަށް ކަމަށް އުގައިލް ވިދާޅުވި އެވެ. އެ ތަން ހިންގަން ކަމާގުޅޭ ގާނޫނުތައް ހަދާ، ދައުލަތުގެ ބަޖެޓުގެ އެއް ޕަސެންޓް މަދުވެގެން އެ ތަނަށް ލިބޭ ގޮތަށް ހެދުމަށް އުގައިލް ހުށަހަޅަ އެވެ. އަދި ކުންފުނިތަކުގެ ސީއެސްއާރު ބަޖެޓުގެ 10 ޕަސެންޓް ސައިންސް ޕާކާއި، ސައިންސް ފައުންޑޭޝަން ހިންގަން ހަރަދު ކުރަން ޖެހޭ ގޮތް ހެދުމަށް ވެސް އުގައިލް ވަނީ އެދިފަ އެވެ.

ސައިންސް އަދި ޓެކްނޮލޮޖީ ނެޓްވޯކުތައް ހެދުމާ ގުޅޭގޮތުން ވެސް އުގައިލް ވަނީ މިނިސްޓަރާ މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ހެކަތޯން ތަކާއި، ސެމިނާ، ކޮންފަރެންސް އަދި ލެކްޗަރުތައް ފަދަ ކަންކަން ރާއްޖޭގައި ބޭއްވުމަށް އުގައިލް ވަނީ އެދިލައްވާފަ އެވެ. އޭގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ކީ އިންސްޓިޓިއުޝަން ތަކާއި އެކްޑަމިކަލީ އަދި އިންޑަސްޓްރީ ލެވަލްގައި ވެސް ގުޅުންތައް ބަދަހި ކުރުމަށް އުގައިލް ވަނީ އެދިލައްވާފަ އެވެ.

އެގޮތުން ގުޅުންބަދަހި ކުރަން އުގައިލް މިސާލެއްގެ ގޮތުން ދެއްކެވީ ގޫގުލް، މައިކްރޯސޮފްޓް، ޔޫކޭ އޮކްސްބްރިޖް، އެމެރިކާގެ އެމްއައިޓީ އަދި އެންޓީޔޫ ސިންގަޕޫރެވެ. އެފަދަ ކުންފުނިތަކާ އެކު ގުޅުން ބަދަހި ކުރުމުން އެ ތަންތަނުން ޓްރެއިނިން އާއި މަސައްކަތު ތަޖުރިބާތައް ދިވެހިންނަށް ލިބުމުގެ މަގު ފަހިވާނެ ކަމަށް އުގައިލް ވިދާޅުވި އެވެ.
ހިޔާލު