Zahamvi 50 Houthee Hanguraamaverin Omanah Gendhanee
image
2015 އިން ފެށިގެން ޔަމަނުގައި އަންނަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުން.-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

ޒަހަމްވި 50 ހޫތީ ހަނގުރާމަވެރިން އޮމާނަށް ގެންދަނީ

ސައުދީން އިސްވެ އޮވެ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ފެށި ހަނގުރާމާގައި ޒަހަމްވި 50 ހަނގުރާމަވެރިއަކު ފަރުވާ ދިނުމަށް އޮމާން އަށް ގެންދަން ތައްޔާރުވެއްޖެ އެވެ.
އެ މީހުން އޮމާނަށް ގެންދަނީ އދ. އިން މެދުވެރި އަކަށް ވެގެންނެވެ. އދ. އިން ބުނީ މިއީ ސައުދީ އާއި ހޫތީންނާ ދެމެދު ބާއްވާ ސުލްހައިގެ މަޝްވަރާތައް ފެށުމުގެ ކުރިން ހަނގުރާމަވެރިންގެ އިތުބާރު ހޯދުމަށް ކުރާ ކަމެއް ކަމަށެވެ.

ހަނގުރާމަވެރިން އޮމާނަށް ގެންދާނީ އދ.ގެ މަތިންދާބޯޓެއްގައި، ހަނގުރާމަވެރިންގެ ކޮންޓްރޯލުގެ ދަށުގައިވާ ޔަމަނުގެ ވެރިރަށް ސަނާ އިން ނެވެ. އެ މީހުން އޮމާނަށް ގެންދިއުމުގެ މަސައްކަތް މިއަދުގެ ވަގުތެއްގައި ފެށޭނެ ކަމަށް ވެސް އދ. އިން ބުނެ އެވެ.

ޔަމަނުގެ ދާހިލީ ހަމަނުޖެހުންތައް ބޮޑު ހަނގުރާމަ އަކަށް ބަދަލުވެ އެތައް ބަޔަކު މަރުވަމުން އަންނަނީ ސައުދީން، ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ފެށި ވައިގެ ހަމަލާތަކުގެ ސަބަބުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ. އަދި ހަނގުރާމަ ވެރިންނާއި ދެކޮޅަށް، ސައުދީން ފަންޑުކުރާ އެ ގައުމުގެ ސަރުކާރުން ދޭ ހަމަލާތަކުގައި ވެސް އެތައް އާންމުންނެއް މަރުވަމުން އަންނަ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.
ހިޔާލު