Furathama 8K TV Channel Launch Kohfi
image
8ކޭ ކޮށް އަޅުވާ މަޝްހޫރު އިނގިރޭސި ފިލްމް، އަ ސްޕޭސް އޮޑަސީގެ މަންޒަރެއް.-- ފޮޓޯ: ވާނާ ބްރޯސް
0 ކޮމެންޓް
 

ފުރަތަމަ 8ކޭ ޓީވީ ޗެނަލް ލޯންޗް ކޮށްފި

ޖަޕާނު ބްރޯޑްކާސްޓަރު އެންއެޗްކޭން ދުނިޔޭގެ އެންމެ ފުރަތަމަ 8ކޭ، ސުޕަ-ހައި ޑެފިނޭޝަން ޓީވީ ޗެނަލް އިއްޔެ ތައާރަފް ކޮށްފި އެވެ.
ސުޕަ-ހައިޑެފިނޭޝަން ނުވަތަ 8ކޭ، މިހާރު އާންމުކޮށް ގިނަ ބަޔަކު ބޭނުންކުރާ އެޗްޑީ ނުވަތަ ހައި ޑެފިނީޝަން ވުރެ 16 ގުނަ ސާފުވާނެ އެވެ.

އެންއެޗްކޭ އިން ބުނީ އެ ކުންފުނިން 8ކޭ ޓެކްނޮލޮޖީ ޑިވެލޮޕްކުރަން ފެށީ، ސުޕަ-ހައި ވިޝަންގެ ނަމުގައި 1995 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އަދި 8ކޭ އާއި އެކު 24 ޗެނަލްގެ އޯޑިއޯ ފޯމެޓްގައި އެއްޗެހި ބެލޭނެ އެވެ. އެއާ އެކު "އިމާސިމް ސަރައުންޑް ސައުންޑް" ތަޖުރިބާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އިއްޔެ އެ ޗެނަލް ތައާރަފް ކުރި ނަމަވެސް، އެ ޗެނަލް ބެލޭ ޓެކްނޮލޮޖީ ހިމެނޭ ޓީވީ އަދި އެހާ އާންމެއް ނޫނެވެ. އެހެންކަމުން އެ ޗެނަލް ބަލާ މީހުން މި ދުވަސްކޮޅު ވަރަށް މަދުވާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ބަލާ މީހުން މަދު ނަމަވެސް، ބީއެސް8ކޭ ގެ ނަން ދީފައިވާ އެ ޗެނަލުން ކޮންމެ ދުވަހަކު 12 ގަޑިއިރަށް ބްރޯޑްކާސްޓް ކުރާނެ ކަމަށް އެންއެޗްކޭން ބުނެ އެވެ.

މަޝްހޫރު އިނގިރޭސި ފިލްމް، އަ ސްޕޭސް އޮޑަސީ 8ކޭ ފޯމެޓަށް ބަދަލު ކޮށް، ބީއެސް8ކޭ އިން ދައްކާނެ އެވެ. އެންއެޗްކޭން ބުނީ އެ ޗެނަލް ފެށުމުގެ ގޮތުން، އަ ސްޕޭސް އޮޑަސީ 8ކޭ އަށް ބަދަލު ކުރުމަށް އެ ފިލްމް އުފެއްދި ވާނާ ބްރޯސްގައި އެދުނު ކަމަށެވެ.

ސެމްސަންގް އާއި އެލްޖީން އަންނަނީ 8ކޭ ޓެކްނޮލޮޖީ އާ އެކު ޓީވީ އުފައްދަމުންނެވެ. އެކަމަކު މައްސަލަ އަކަށްވެފައި އޮތީ މާސް އޯޑިއަންސަކަށް ވިއްކޭ ވަރަށްވުރެ އެ އެއްޗެހީގެ އަގު ބޮޑުވުމެވެ.
ޖަޕާން ޓެކްނޮލޮޖީ
ހިޔާލު