Shah, Salman adhi Amir ge Badhalugai Ajay Negi Taimur
image
އަޖޭ ދޭވްގަން އާއި ތައުމުރު---
0 ކޮމެންޓް
 

ޝާހު، ސަލްމާނު އަދި އާމިރުގެ ބަދަލުގައި އަޖޭ ނެގީ ތައިމުރު

ބޮލީވުޑުގެ މަޝްހޫރު ތިން ހާނުން ކަމަށްވާ ޝާހު ރުކް ހާން، ސަލްމާނު ހާން އަދި އާމިރު ހާނުގެ ބަދަލުގައި އަޖޭ ދޭވްގަން ނެގީ ސައިފް އަލީ ހާން އާއި ކަރީނާ ކަޕޫރު ގެ ދަރިފުޅު ތައިމުރު އަލީ ހާނެވެ.
ކެމެރާއާ ރައްޓެހި، ތައިމުރަކީ ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ކުއްޖެކެވެ. ގިނަ ބޮލީވުޑު ފަންނާނުން ތައިމޫރުގެ މައުސޫމު ކަމާއި ލޯބިކަމަށް ހިތް ދީފައިވާއިރު އޭގެ ތެރޭގައި އަޖޭ އެއީ އެކަކެވެ.

މަޝްހޫރު ޓީވީ ޝޯ، ކޮފީ ވިތު ކަރަން ސީޒަން ހައެއްގެ އެންމެ ފަހު އެޕިސޯޑުގައި ފެނިގެންދިޔައީ އަޖޭ އާއި އޭނާގެ އަންހެނުން ކާޖަލް ދޭވްގަނެވެ. ތިން ސެގްމެންޓަކަށް އެޝޯ ބަހާލާފައިވާއިރު އެތަނުން އެއް ސެގްމެންޓުގައި ކަރަން ވަނީ އަޖޭ ކައިރި ތިން ހާނުން ތެރެއިން އޭނާ ނަގާނީ ކާކުތޯ އަހާފައެވެ. އެސުވާލަށް ޖަވާބު ދެމުން އަޖޭ ވަނީ އެތިން ހާނުންގެ ބަދަލުގައި ތައިމުރު ނަގާފައެވެ.

މީގެ ކުރިން ރަންވީރު ސިންގު ވެސް ވަނީ އެޝޯތެރެއިން ފިލްމުކުޅެން އެންމެ ބޭނުންވާ ހާން އެއްގެ ނަން ބުނުމަށް އެދިފައެވެ. އެގޮތުން ރަންވީރު ބުނީ ހާނުންގެ ތެރެއިން އޭނާ ނަގާނީ ޝާހު ރުކް ހާނާއި ސަލްމާނު ހާނާއި އާމިރު ހާނުގެ އަށް ވުރެ ވަރުގަދަ ފަންނާނެއް ކަމަށެވެ. އަދި އެއީ ތައިމުރު ކަމަށް ރަންވީރު ވަނީ ބުނެފައެވެ.

މިމަހުގެ 21 ގައި ކޮފީ ވިތު ކަރަން ދައްކަން ފެށިއިރު އެޝޯގެ ފުރަތަމަ އެޕިސޯޑުން ފެނިގެން ދިޔައި ބޮލީވުޑްގެ ދެބަތަލާއިން ކަމަށްވާ ދީޕިކާ ޕްޑުކޮން އަދި އާލިއާ ބަޓެވެ.
ހިޔާލު