Massaru Tax Uvaalumuge Bill Thasdheegu Kurahvaifi
image
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

މައްސަރު ޓެކްސް އުވާލުމުގެ ބިލް ތަސްދީގުު ކުރައްވައިފި

މައްސަރު ކަންތައް ދިމާވުމުން އަންހެނުން ބޭނުންކުރާ ޕެޑު ފަދަ ތަކެތިން ނަގާ ޓެކްސް ނުވަތަ މައްސަރު ޓެކްސް އުވާލުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.
މީގެ ކުރިން، ޕެޑު ފަދަ ސާމާނުން ދިޔައީ ޖީއެސްޓީގެ ގޮތުގައި ހަ ޕަސެންޓް ނަގަމުންނެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު އޮންނަ ގޮތުން އެ ތަކެއްޗަކީ ޖީއެސްޓީ ނުނެގޭ މުދަލުގެ ލިސްޓުގައި ކުރިން ލިސްޓް ކޮށްފައެއް ނެތެވެ.

އެހެންކަމުން ސެނިޓަރީ ނެޕްކިން އާއި ޓެމްޕޮން އާއި މެންސްޓްރުއަލް ކަޕް އަދި އެފަދަ ތަކެތިން ޓެކްސް ނުނެގޭނެ ގޮތަށް ހެދަން އެ ގާނޫނަށް އިސްލާހު ގެނައީ، ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ ހުށަހަޅުއްވައިގެންނެވެ.

ރައީސް ސާލިހު އެ ބިލް ތަސްދީގު ކުރުމާއި އެކު، މިއަދުން ފެށިގެން އެފަދަ އެއްޗެހިން ޖީއެސްޓީ ނެގުން މަނާ ވާނެ އެވެ.

ސޯޝަލް މީޑިއާގައި އެކަމަށް ބޮޑު ކެމްޕޭނެއް ކުރަމުން ދަނިކޮށް، ރައީސް ސާލިހުގެ ރިޔާސީ ވައުދެއްގެ ގޮތުގައި އެކަން އިއުލާނު ކުރެއްވި އެވެ. އަދި މައްސަރު ޓެކްސް އުވާލުމުގެ ކަންކަން ރައީސްގެ ފުރަތަމަ ހަފްތާގެ ތެރޭގައި ކުރެއްވުމަށް ވަނީ ކަންޑައަޅާފަ އެވެ.
ހިޔާލު