Nuhagun Vazeefaain Vakikuri Meehun Shakuvaa Hushahalhan Hulhuvaalaifi
image
ރައީސް އޮފީސް-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ނުހައްގުން ވަޒީފާއިން ވަކިކުރި މީހުން ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރި މުވައްޒަފުން ރައީސް އޮފީހަށް ޝަކުވާ ހުށަހެޅަން ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން ބުނީ، ނުހައްގުން ފިޔަވަޅު އަޅާފައިވާ މުވައްޒަފުންނަށް އެފަދަ ޝަކުވާތައް ހުށަހެޅުމަށް ފޯމެއް ތައާރަފުކޮށްފައިވާ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.

ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ސަރުކާރުގެ އޮފީސްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް އިންސާފު ހޯދައިދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ރައީސް އޮފީހުގައި ހާއްސަ ކޮމެޓީއެއް އުފައްދަވައި، އެ މަސައްކަތް ކޮމެޓީއަށް ހަވާލު ކުރައްވާފަ އެވެ.

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި، އޭރުގެ އިދިކޮޅު ޕާޓީތަކުން ބާއްވި ސިޔާސީ އެކި ހަރަކާތްތަކުގައި ބައިވެރިވި ކަމަށް ބުނެ ބައެއް މީހުން ވަޒީފާއިން ވަކިކޮށްފައިވެ އެވެ. އަދި ސޯޝަލް މީޑިއާގައި ވެސް އެ ޕާޓީތަކަށް ތާއިދުކޮށް ވާހަކަ ދެއްކި ފަރާތްތަކަށް އެކި ފިޔަވަޅުތައް އަޅާފައިވެ އެވެ. އެފަދަ ފަރާތްތަކުން ރައީސް އޮފީހަށް ހުށަހަޅަން ޖެހޭ ޝަކުވާ ފޯމު ރައީސް އޮފީހުގެ ވެބްސައިޓުންނާއި ރިސެޕްޝަނުން ލިބެން ހުންނާނެ އެވެ.

ސިޔާސީ ސަބަބުތަކަށްޓަކައި ވަޒީފާއިން ވަކިކުރި ފަރާތްތަކާއި ފިޔަވަޅު އެޅި ފަރާތްތަކަށް އަލުން އަނބުރާ ވަޒީފާ ހޯދައިދިނުމަކީ ރައީސް އިބޫގެ ރިޔާސީ ވައުދެ ކެވެ.
ހިޔާލު