Samsungun update thah share kuree iPhone akun!
image
މީގެ ކުރިން ވެސް ސެމްސަންގުން އައިފޯނަކުން ޓްވީޓް ކުރިކަން ވަނީ ފަޅާ އަރާފައި.
0 ކޮމެންޓް
 

ސެމްސަންގުން އަޕްޑޭޓްތައް ޓްވީޓް ކުރީ އައިފޯނަކުން ކަން ފަޅާއަރައިފި

ސެމްސަންގްގެ އަޕްޑޭޓުތައް ޓްވީޓް ކުރަން އައިފޯނެއް ބޭނުން ކުރިކަން ފަޅާއެރުމުން، އެތައް ބައެއްގެ ފާޑުކިޔުންތައް އެ ކުންފުންޏަށް އަމާޒުވެއްޖެ އެވެ.
މިކަން ހިނގީ ސެމްސަންގުން ނައިޖީރިއާގައި އެ ކުންފުނީގެ އަޕްޑޭޓުތައް ހިއްސާކުރުމުގެ ތެރޭގަ އެވެ. އެޕަލްގެ ޓްވިޓާ އެޕް ބޭނުންކޮށްގެން އެ އަޕްޑޭޓުތައް ހިއްސާކުރިކަން ފުރަތަމަ ފާހަގަ ކުރެވުނީ ޔޫޓިއުބްގެ ތަރިއަކަށެވެ. އަދި އެކަން ގިނަ ބަޔަކަށް އެނގުނީ އޭނާ ޔޫޓިއުބްގައި އެ ވާހަކަ ދެއްކުމުންނެވެ.

އެކަން ފަޅާއެރުމާ އެކު، އެ އެކައުންޓުން ކުރި ޓްވީޓްތައް ބައެއް މީޑިއާ ތަކުން އެނަލައިޒްކޮށް ބެލި އިރު، 300 އަށް ވުރެ ގިނަ ޓްވީޓް އައިފޯނެއް ބޭނުންކޮށްގެން ކޮށްފައިވާކަން ވަނީ ހާމަވެފަ އެވެ.

މީޑިއާތަކުގެ ސަމާލުކަމަށް މިކަމަށް ލިބުމާ އެކު ސެމްސަންގުން މިހާރު ވަނީ އެ އެކައުންޓް ޑިލީޓް ކޮށްލާފަ އެވެ. އަދި ފަހުން އަލުން އެ އެކައުންޓް، އައިފޯނުން ކުރި ޓްވީޓްތައް ޑިލީޓް ކުރުމަށް ފަހު ފަހުނީ އެކްޓިވް ކޮށްފައި ކަމަށް މީޑިއާ ތަކުން ބުނެ އެވެ. އެކަން ފަޅާއެރީ ސެމްސަންގް ގެލެކްސީ ނޯޓް ނުވައެއްގެ ޑިސްޕްލޭ ޕްރޮމޯޓް ކުރުމަށް ކުރި ޓްވީޓަކާއި އެކު އެވެ.

އައިފޯނުން ޓްވިޓާ އެޕް ބޭނުންކޮށްގެން ޓްވީޓް ކޮށްފި ނަމަ، ޓްވީޓްގެ ތިރިއަށް "ވިއާ ޓްވިޓާ ފޯ އައިފޯން" އަރަ އެވެ. މީގެ ކުރިން ވެސް ސެމްސަންގުގެ ޕްރޮޑަކްޓުތައް އިސްތިހާރު ކުރަން ކުރި ޓްވީޓްތަކެއް، އައިފޯނަކުން ކުރިކަން ފަޅާއަރާފައި ވެއެވެ.
ހިޔާލު