HIV Jehifaivaa 2 Bidheyseeaku Vanee Filaafai: Moosa
image
މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު.-- ފޮޓޯ: މަޖިލިސް
2 ކޮމެންޓް
 

އެޗްއައިވީ ޖެހިފައިވާ ދެ ބިދޭސީއަކު ވަނީ ފިލާފައި: މޫސަ

މަސައްކަތް ކުރުމަށް ރާއްޖެ އަށް ގެނާ ބިދޭސީންގެ ތެރެއިން އެޗްއައިވީ ޖެހިފައިވާ ދެ މީހަކު ފިލާފައިވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މިއަދު ވިދާޅުވެއްޖެ އެވެ. leaward
ބިދޭސީން ގަވާއިދާ ހިލާފަށް ފިލައިގެން އުޅޭ މައްސަލަ ހައްލު ކުރުމަށް، ބޮޑެތި ޖޫރިމަނާ އާއި އަދަބުތައް ކަނޑައަޅާފައިވާ ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މޫސަ ވިދާޅުވީ އެކަން ހިނގީ އޭނާގެ ކުންފުނިން މަސައްކަތެއް ކުރުމަށް ގެނާ ބިދޭސީންތަކެއްގެ ތެރެއިން ކަމަށެވެ.

އެގޮތުން ރާއްޖެ އަށް ގެނާ ބިދޭސީންތަކުގެ ތެރެއިން ތިން މީހަކު އެޗްއައިވީ އަށް ޕޮޒިޓިވް ވުމުން އެ ތިން މީހުން އަނބުރާ ގައުމަށް ފޮނުވާލަން މަސައްކަތް ކުރި ކަމަށް މޫސަ ވިދާޅުވި އެވެ. ނަމަވެސް އެ މީހުން ގައުމަށް ފޮނުވާލުމުގެ ކުރިން އޭގެތެރެއިން ދެ މީހަކު ފިލާފައިވާ ކަމަށާއި، ބޭރަށް ފޮނުވާލެވުނީ އެކަކު ކަމަށް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ މީހުން ފޮނުވާލަން ގެންދިޔައިމަ ގެންދިޔަ މީހުން ކައިރީގައި ބުނީ ތިމަންނަމެން ދޭނަމޭ 5000 ރުފިޔާ ދޫކޮށްލަދޭށޭ. އޭގެތެރެއިން ތިން މީހުންގެ ތެރެއިން ދެ މީހުން ފިލާފައި ވެއްޖެ. އެކަކު އަޅުގަނޑު މެންނަށް މިތަނުން ބޭރުކުރެވުނީ،" ކޮންސްޓްރަކްޝަން ދާއިރާ އާއި ބައެއް އެހެން ވިޔަފާރިތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ހެވީ ލޯޑްގެ ވެރިޔާ ވިދާޅުވި އެވެ.

އިމިގްރޭޝަން ގާނޫނަށް މޫސަ އިސްލާހު ހުށަހެޅީ، ބިދޭސީއަކު ގެންނަ ފަރާތުގެ އިޒުނަ ނެތި، އެހެން ބައެއްގެ މަސައްކަތަށް އެމީހާ ގެންދިއުމަކީ ކުށަކަށް ހެދުމަށެވެ. އޭގެ އިތުރުން ވޯކް ވިސާގައި އެތެރެވުމަށް ފަހު އެ މީހާ މަސައްކަތް ކުރަމުންދާ ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، އޭނާ ގެނައި ފަރާތުގެ އިޒުނަ ނެތި، އެހެން ފަރާތަކަށް ގެންދިއުން ނުވަތަ ބަދަލު ކުރުން އަދި އެފަދަ ކަންކަމަށް ގަސްދުގައި މަގުފަހި ކުރުވުމަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށެވެ.

އެފަދަ ކުށެއް ކޮށްފި ނަމަ، އެއް އަހަރަށް ޖަލަށް ލުން ނުވަތަ 500،000-1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް އެ ބިލުގައި ބުނެފައި ވެއެވެ.
ހިޔާލު

ނަސީ

މޫސަ ތި ބުނި ކަންކަން މިހާރުވެސް އިމިގްރޭޝަން އިން ކުރޭ، އެފަދަމީހުން ހޯދާނެ މުއައްސަސާ އަކީ ކޮބާތޯ ކަނޑައެޅުންވެސް މާރަގަޅު

ފައިސާ ފައިސާ

ބިދޭސީ މީހާ ފިލީމާ އެމައްސަލަ އިމިގްރޭޝަނަށް ހުށައެޅީމާ އިމިގްރޭޝަނުން ބުނަނީ ފުލުހަށްދާށޭ. ޢެކަމަކު ފުލުހުންގެ މެންޑޭޓްގައި ފިލައިގެން އުޅޭ ބިދޭސީން ހޯދާކަށް ނޯވޭ. އަދި އެފަދަ ކަމެއްގައި ބިދޭސީއަކު ހައްޔަރުގައި ބަހައްޓަދޭން ކޯޓުންވެސް އިންކާރުކުރޭ. މިކަންކަމަށް ހައްލު ލިބިއްޖެނަމަ ރަނގަޅު ގޮތެއް ވެދާނެ.