MPL MD Akah Shaad, STELCO MD Akah Mughnee
image
އެމްޕީއެލް އެމްޑީ ޝާޑު (ކ) އަދި ސްޓެލްކޯ އެމްޑީ މުގްނީ.-- ފޮޓޯތައް: ސަން
0 ކޮމެންޓް
 

އެމްޕީއެލް އެމްޑީ އަކަށް ޝާޑު، ސްޓެލްކޯ އެމްޑީ އަކަށް މުގްނީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝާހިދު އަލީ އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަސަން މުގްނީ މިއަދު އައްޔަންކޮށްފި އެވެ.
އެ ދެ ބޭފުޅުން މަގާމަށް އައްޔަން ކުރެއްވި ކަން ހާމަކުރީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ރައީސް މުހައްމަދު ނިޒާރު، ޓްވިޓާގަ އެވެ.

އެމްޕީއެލް އެމްޑީ އަކަށް އައްޔަން ކުރި ޝާޑު އަކީ އެމްޑީޕީ ސަރުކާރުގައި އެސްޓީއޯގެ އެމްޑީގެ މަގާމު އަދާކުރެއްވި ބޭފުޅެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެމްޕީއެލަށް އައްޔަން ކުރީ އެމްޑީޕީގެ ސްލޮޓެއްގަ އެވެ.

ސްޓެލްކޯގެ އެމްޑީ އަކަށް އައްޔަން ކުރި ހަސަން މުގްނީ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް އެ ކުންފުނީގެ އެމްޑީކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭނާ އައްޔަން ކުރީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ކަމަށް ވެއެވެ.

މިދިޔަ ހަފްތާގައި ވެސް ވަނީ ސަރުކާރުގެ ބޮޑު ތިން ކުންފުންޏަކަށް އެމްޑީން އައްޔަން ކޮށްފަ އެވެ. އެއީ އެސްޓީއޯ އަށް ހުސައިން އަމްރު މުހައްމަދު ރަޝާދު އާއި އެމްޑަބްލިއުއެސްސީ އަށް އާދަމް އާޒިމު އަދި އައިލެންޑް އޭވިއޭޝަނަށް މުހައްމަދު ރިޒްވީ އެވެ.

އަމްރު އަކީ އެމްޑީޕީ ސަރުކާރުގައި އެމްޓީސީސީގެ އެމްޑީކަން ކުރެއްވި ބޭފުޅެކެވެ. އާޒިމް އަކީ ރައީސް ޔާމީން ސަރުކާރުގެ ކުރީކޮޅު އެސްޓީއޯގެ އެމްޑީކަން ކުރެއްވި ބޭފުޅެކެވެ. އަދި ރިޒްވީ އަކީ އައިލެންޑް އޭވިއޭޝަން ހޮލިޑޭސްގެ އިސް ވެރިޔަކަށް ކުރިން ހުންނެވި ބޭފުޅެކެވެ.
ހިޔާލު