Priyanka Ge Kaiveneegai Ves Modi Dhinee Anushka Ah Dhin Hadhiyaa
image
ޕްރިޔަންކާ އާއި ނިކް ޖޯނަސް އިންޑިއާގެ ބޮޑު ވަޒީރާއެކު--
1 ކޮމެންޓް
 

ޕްރިޔަންކާގެ ކައިވެނީގައި ވެސް މޯދީ ދިނީ އަނުޝްކާއަށް ދިން ހަދިޔާ

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ހޮލީވުޑުގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ކައިވެނި ކުރީ މިދިޔަ ހޮނިހިރު ދުވަހުގެ ރެއެވެ.
ރޭގެ އިރާކޮޅު ޕްރިޔަންކާ އާއި ނިކްގެ ކައިވެންޏާއި ގުޅިގެން ދިއްލީގައި ބޭއްވި ހާއްސަ ޕާޓީގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދަރަ މޯދީ ވެސް ބައިވެރިވެފައި ވެއެވެ. އެގޮތުން ޕްރިޔަންކާ ވަނީ ނިކްގެ މައިންބަފައިންނާއި ވެސް މޯދީ ބައްދަލު ކުރުވާފައެވެ.

ޕްރިޔަންކާގެ ކައިވެނީގެ ފަހުން ބޭއްވި ފުރަތަމަ ޕާޓީގައި މޯދީ ބައިވެރިވިއިރު އޭނާ ވަނީ ޕްރިޔަންކާ އާއި ނިކްއަށް ފިނިފެންމަލެއް ހަދިޔާ ކޮށްފައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަނުޝްކާ އާއި އިންޑިއާގެ މަޝްހޫރު ކްރިކެޓު ކުޅުންތެރިޔާ ވިރާޓް ކޯލީ އިޓަލީގައި ކައިވެނި ކޮށްފައިވާއިރު އެމީހުން އިންޑިއާގައި ބޭއްވި ޕާޓީގައި މޯދީ ބައިވެރިވިއެވެ. އަދި އޭނާ އެ ދެތަރިންނަށް ހަދިޔާ ކުރީ ވެސް ފިނިފެންމަލެކެވެ.

ޕްރިޔަންކާ އާއި ނިކް ކައިވެނި ކުރީ އިންޑިއާގެ ޖޯދުޕޫރުގައި ހުންނަ އުމައިދު ބާވަން ޕެލަސްގައެވެ. ނިއު ޔޯކަށް އުފަން ނިކްގެ އާއިލާގެ މެމްބަރުން ވެސް ބައިވެރިވި އެ ކައިވެނީގެ ކަފުލާ ވަރަށް ކުލަ ގަދަކޮށް ބާއްވާފައި ވެއެވެ. އިންޑިއާގެ ސަގާފަތާއި އެއްގޮތަށް ކައިވެނި ކުރުމަށް ފަހު އެދެތަރިން ވަނީ ވެސްޓާން ސްޓައިލަށް ވެސް ކައިވެނި ކޮށްފައެވެ. އެގޮތުން ވެސްޓާން ސްޓައިލަށް ކުރި ކައިވެނީގައި ޕްރިޔަންކާ ލާފައި ހުރި ހެދުން ގިނަ ބަޔަށް ކަމުގޮސްފައި ވެއެވެ.
View this post on Instagram

And forever starts now... ❤️ @nickjonas

A post shared by Priyanka Chopra (@priyankachopra) on


މީގެ އިތުރުން ބޮލީވުޑުގެ ތަރިންނަށް ހާއްސަކޮށް މުމްބާއީގައި ވެސް ކުލަގަދަ ޕާޓީއެއް ބާއްވާނެ އެވެ. ޕްރިޔަންކާ އާއި ނިކް ފުރަތަމަ ފަހަރަށް ބައްދަލުވީ މިދިޔަ އަހަރުގެ މެޓް ގާލާ އިންނެވެ. އަދި ދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމުގެ އަޑުތައް ފެތުރުނީ މިއަހަރުގެ ކުރީކޮޅެވެ.
ހިޔާލު

ސުނިޔަންކާ

ރާއްޖޭގެ ސުނިޔަންކާ އަށް ތިޔަ ޕާޓީއަށް ދައުވަތެއް ނުލިބޭބާ