Avin Ufahdhaa Current Aguheyovefai Ithubaaru Boduvaane: Raees Nasheed
image
ރައީސް ނަޝީދުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރު މުލިއާގޭގައި ސޯލާ ޕެނަލެއް ހަރުކުރައްވަނީ: ފައިލް ފޮޓޯ ރައީސް އޮފީސް
1 ކޮމެންޓް
 

އަވިން އުފައްދާ ކަރަންޓުގެ އަގު ހޮޔެވެފައި އިތުބާރު ބޮޑުވާނެ: ރައީސް ނަޝީދު

ދިވެހިރާއްޖޭގައި ކަރަނޓުގެ އަގު ހެޔޮކުރުމަށް އޮތް އެންމެ ހަރުދަނާ ދޮރަކީ އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. muni
ކަތޮވީސާ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމުގެ ކުރިން ދެއްވި ޕްރެސް ކޮންފަރެންސްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަވިން އުފައްދާ ކަރަންޓު ޔުނިޓެއްގެ އަގު އެންމެ ބޮޑުވެގެން ވެސް 2.50 ރުފިޔާއަށް ލިބޭނެކަމަށެވެ.

ކަތޮވީސާ ކްލައިމެޓް ޗޭންޖް ކޮންފަރެންސްއަކީ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީ)ގެ ފަރާތުން އިންތިޒާމުކޮށްގެން ޕޮލެންޑުގެ ކަތޮވީސާގައި މި ޑިސެންބަރު މަހު ބޭއްވުމަށް ހަމަޖައްސާފައިވާ ކޮންފަރެންސްއެކެވެ.

"ދިވެހިރާއްޖޭކަހަލަ ގައުމުތަކުގައި ހަގީގަތުގައި މިއީ ސުވާލެއްވެސް އޮތްކަމެއް ނޫން. އަޅުގަނޑުމެންނަށް އިތުބާރާ ޔަގީންކަމާއެކު ކަރަންޓު ދެވެން އެބައޮތް އަދި ހެޔޮ އަގުގަ ކަރަންޓު ދެވެން އެބައޮތް. އަޅުގަނޑުމެންގެ އަމާޒަކީ މި ބާވަތުގެ ހަކަތަ އުފެއްދުމަށް ބާރުއެޅުން. އަދި މި ބާވަތުގެ ކަރަންޓު އުފެއްދުމަށް ގިނަފައިސާވެސް ލިބޭނެގޮތް ވުމާ މަގުތައް ފަހިވެގެން ދިއުމާ. މީގެ ޓެކްނޮލޮޖީ ތަރައްގީވަމުން އަންނަ ގައުމުތަކަށް ލިބިގެން ދިއުން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކަތޮވީސާ ކްލައިމެޓް ޗޭންޖް ކޮންފަރެންސްގައި މޫސުމަށް އަންނަ ބަދަލާއި ގުޅޭގޮތުންނާއި، އެ ބަދަލުގެ ސަބަބުން ކުދި ގައުމުތަކަށް ކުރާ އަސަރުގެ ވާހަކަ ދިވެހިރާއްޖޭގެ ފަރާތުން ދައްކަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ރާއްޖެއަށް ބެލީމާ ގޮނޑުދޮށް ސަލާމަތްކުރަން ނުވަތަ ބަނދަރެއް ހަދަން އަޅުގަނޑުމެންނަށް އެބަފެނޭ ބޭރު ތޮއްޓާއި އެއްގަމު ތޮއްށި ބޮޑު ހިލައިން އަޅާތަން. އަދި ވައިގަދަވީމާ އެކަމަށްވެސް ހައްލެއް ހޯދަން މަސައްކަތްކުރާތަން އެބަފެނޭ. ފެން ދަތިވީމާ އެކަމަށް ހައްލެއް ހޯދަންވެސް މަސައްކަތް އެބަކުރެވޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދު ކޮންފަރެންސްގައި ބައިވެރެވަޑައިގަންނަވާނީ ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައެވެ.

މި ކޮންފަރެންސްގައި ދުނިޔޭގެ އެކި ގައުމުތަކުން އެގަމުތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. އެގޮތުން ފްރާންސްގެ އެންވަޔަރުމަންޓު މިނިސްޓަރު ފްރެއިންކޮއިސް ޑޭ ރުގީއާއި، ޕޮލެންޑުގެ ޑެޕިއުޓީ އެންވަޔަރުމަންޓު މިނިސްޓަރ މައިކަލް ކުރިޓީކާ ފަދަ ބޭފުޅުން ފާހަގަކޮށްލެވެއެވެ.
ހިޔާލު

ނިހާން

އަވިން އުފައްދާ ކަރަންޓޭ ކިޔާފަ ތިއުޅެނީ ކޮއްކޮއައް ވިޔަފާރި އަޅުވަދޭން..