Bandubodu Kamah Dhehki Vaahaka Anushka Dhogu Koffi
image
އަނުޝްކާ ޝަރުމާ---
0 ކޮމެންޓް
 

ބަނޑުބޮޑު ކަމަށް ދެއްކި ވާހަކަ އަނުޝްކާ ދޮގުކޮށްފި

ބޮލީވުޑު ތަރި އަނުޝްކާ ޝަރުމާ ބަނޑުބޮޑު ކަމަށް ދެއްކި ވާހަކަ އޭނާ ދޮގުކޮށްފިއެވެ.
މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ވިރާޓު ކޯލީއާ އަނުޝްކާ ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރެވެ. ކައިވެނީގެ ކުރިން ވެސް އަނުޝްކާ ބަނޑުބޮޑު ކަމަށް ވާހަކަ ވަނީ ފެތުރިފައެވެ. އަދި ދާދި ފަހަކުން ވެސް އަނުޝްކާ ބަނޑުބޮޑު ވާހަކަ ވަނީ ދައްކާފައެވެ. ނަމަވެސް އަނުޝަކާ ވަނީ އޭނާ ބަނޑުބޮޑު ކަމަށް ދެއްކި ވާހަކައަށް ރައްދު ދީފައެވެ.

އިިންޓަވިއުއެއްގައި ވާހަކަ ދައްކަމުން އަނުޝްކާ ބުނީ މީހަކު ކޮންމެ ކަމެއް ކުރި ނަމަވެސް ދޮގު ވާހަކަތައް އަބަދުވެސް ފަތުރާ ކަމަށެވެ. އަދި އޭނާގެ ބަނޑުބޮޑު ވާހަކަ އަކީ ވެސް ދޮގުވާހަކަ އެއް ކަމަށާއި ބަނޑުބޮޑު ނަމަ ދުވަސްތައް ހޭދަ ވާން ފެށުމުން ސިއްރެއް ނުކުރެވޭނެ ކަމަށް އަނުޝްކާ ވަނީ ބުނެފައެވެ.

އަނުޝްކާ އެންމެ ފަހުން ފެނިގެންދިޔައީ 'ސަންޖޫ' އިންނެވެ. އޭނާ ދެން ފެނިގެންދާނީ ޝާހު ރުކް ހާނާއި، ކެޓްރީނާ ކައިފާއެކު 'ޒީރޯ' އިންނެވެ. އެފިލްމު މިމަހު 21 ގައި ނެރޭއިރު އެފިލްމުގައި އޭނާ ފެނިގެންދާނީ ނުކުޅެދުންތެރިކަން ހުންނަ ސައިންޓިސްޓެއްގެ ރޯލުންނެވެ.
އަނުޝްކާ ޝަރްމާ
ހިޔާލު