Hina ge Furathama Filmugai Lead Actoruge Role in Fenigendhaani Rishi
image
ހިނާ އާއި ރިޝީ---
0 ކޮމެންޓް
 

ހީނާގެ ފުރަތަމަ ފިލްމުގައި ލީޑު އެކްޓަރުގެ ރޯލުން ފެނިގެންދާނީ ރިޝީ

ހީނާ ހާނުގެ ފުރަތަމަ ފިލްމުގައި އޭނާއާއެކު ލީޑު އެކްޓަރުގެ ރޯލުން ފެނިގެންދާނީ ރިޝީ ބުޓާނީއެވެ.
އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާ ކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ އެންމެ އައިކޯނިކް ރޯލުކަމުގައިވާ "ކޯމޮލިކާ" ގެ ރޯލުން ހީނާ ފެނިގެންދާއިރު ހީނާ އަށް ވަނީ ބޮލީވުޑް ފިލްމަކުން ފުރުސަތު ލިބުމުގެ ސަބަބުން އެޝޯއިން ބުރޭކެއް ނަގާފައެވެ.

ގިނަ ބަޔަކު ހީނާ އާއެކު އެފިލްމުގައި ފެނިގެންދާނެ ފަންނާނެއް ބެލުމަށް ކެތްމަދުވެފައިވާއިރު މިހާރު ވަނީ އެފަންނާނުގެ ނަން ހާމަކޮށްފައެވެ. އެގޮތުން އެފިލްމުގައި ލީޑު އެކްޓަރެއްގެ ރޯލުން ފެނިގެންދާނީ ރިޝީއެވެ. ރިޝީ އެހަބަރު ކަށަވަރުކޮށްދީފައިވާއިރު އޭނާ ފެނިގެންދާނީ ހީނާގެ ދެބެންގެދެދަރި ކުއްޖެއްގެ ރޯލުން ކަމަށާއި ފިލްމުގައި ވަކި ހިސާބަކުން ދެމީހުން ކައިވެނި ކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ރިޝީ ބުނިގޮތުގައި އޭނާ އެފިލްމުގައި ފެނިގެންދާނީ ޕާކިސްތާނުގެ މީހެއްގެ ރޯލުންނެވެ. އަދި ރިޕޯޓުތައް ބުނާގޮތުގައި ހީނާ ފެނިގެންދަނީ ވަރަށް މިނިވަން އަންހެނެއްގެ ރޯލުން ކަމަށާއި ފިލްމުގައި އޭނާގެ މާމަ ގެ ރޯލުން ފެނިގެންދާނީ ކުރީގެ އެކްޓަރެސް ފަރީދާ ޖަލާލު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ހުސެއިން ހާން ޑައިރެކްޓު ކުރާ އެފިލްމުގެ ނަން އަދި ސިއްރުކޮށްފައިވާއިރު ދެތަރިންވެސް ތިބީ ފިލްމުގެ ޝޫޓިން ފަށާނެ ދުވަހަކަށް ކެތްމަދުވެފައެވެ.

ރިޝީ ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި ބޯލޯ ރާމް، ރާމްރަތަން، ގާންދީގާލް ހިމެނެއެވެ.
ހީނާ ހާން
ހިޔާލު