Vagufu Imaarathah Kuli Nudhakkaathee Ocean Barakage Ebbasvun Uvaalanee
image
ވަގުފް ބިލްޑިން، ދާރުލް އީމާން--
1 ކޮމެންޓް
 

ވަގުފު އިމާރާތަށް ކުލި ނުދައްކާތީ އޯޝަން ބަރަކާގެ އެއްބަސްވުން އުވާލަނީ

ވަގުފު ފަނޑުން އިމާރާތްކޮށްފައިވާ ވަގުފު ބިނާ 'ދާރުލް އީމާން' އިން އޯޝަން ބަރަކާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަސްދީފައިވާ ބައިން ކުލި ނުދައްކާތީ އެއްބަސްވުން އުވާލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރު އޭޕްރީލް މަހުން ފެށިގެން އެކުންފުނިން ދައްކަންޖެހޭ ކުލި މިއަދާ ހަމައަށްވެސް ލިބިފައި ނުވާ ކަމަށެވެ. އަދި އޭޕްރީލް މަހުގެ ކުލި މިނިސްޓްރީއަށް ލިބިފައި ނުވާތީ، ދައުވާ ކުރަން ލީގަލް ސެކްޝަނަށް ފޮނުވުމުން އެކުންފުންޏާއެކު ވެފައިވާ އެއްބަސްވުން އުވާލުމަށް ނިންމި ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އެހެން ނަމަވެސް ވެރިކަން ބަދަލުވުމާއި ހަމައަށްވެސް އެކަމަށް އަމަލީ ފިޔަވަޅެއް އެޅިފައި ނުވާ ކަމަށާއި، ނަމަވެސް ވެރިކަން ބަދަލުވުމަށްފަހު މިހާރު އެއ އެއްބަސްވުން އުވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، 2017 ގެ އޮޑިޓް ފެށުމާއި ގުޅިގެން "ދާރުލް އީމާން" އާ ގުޅުން ހުރި ލިޔުންތައް "ބެކް ޑޭޓަށް" ތައްޔާރުކޮށް ފައިނޭންސް ޔުނިޓަށް ކަމާއި ގުޅުން ހުރި ސެކްޝަނުން ފޮނުވީ މިއަހަރުގެ ފެބްރުއަރީ މަހުގައި ކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތު ގަވައިދާއި އެއްގޮތުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އެހިސާބުން އަޅަން ފަށާފައިވާކަން ފާހަގަކޮށް އެ ނޫސްބަޔާނުގައި ބުނީ، މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ މާޗު މަހުގެ ނިޔަލަށް އޯޝަން ބަރަކާ ޕްރައިވެޓުން ނުދައްކާވާ ފައިސާ ހޯދާފައި ވަނީ މިއަހަރުގެ އެޕްރީލް މަހު ކަމަށެވެ.

މާފަންނު މަދަރުސާއާ އިންވެގެން ހުޅަނގަށް އޮތް ބިމުގައި ބިނާކުރި 10 ބުރީގެ އިމާރާތަކީ ދައުލަތުގެ ބަޖެޓުން 23 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެޅި އިމާރާތެކެވެ. އެތަން ރަސްމީކޮށް ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.
ހިޔާލު

ގައުމު

އެހެންވީމަ އޭރުގެ ސަރުކާރުގެ ނުފޫޒުގަދަ މީހެއްގެ ހިއްސާއޮތް ކުންފުންޏަކަށް ތިވާނީ،