Brain Tumor Ehge Sababun Hadheejaage Haalu Serious Edhenee Ehee Akah
image
ހަދީޖާ ހަސަން--
2 ކޮމެންޓް
 

ބްރެއިން ޓިއުމަރެއްގެ ސަބަބުން ހަދީޖާގެ ހާލު ސީރިއަސް، އެދެނީ އެހީއަކަށް

ހދ. ނޮޅިވަރަމްފަރަށް އުފަން އެރަށު ބަޝީރީ މަންޒިލް، ހަދީޖާ ހަސަނަކީ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާ މީހެކެވެ.
އުމުރުން 57 އަހަރުގެ ހަދީޖާގެ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާކަން މީގެ ދެދުވަސް ކުރިން އެނގުން އިރު ބައްޔަށް ފަރުވާ ކުރުމަށް އޭނާ މިހާރު އޮތީ އޭޑީކޭގައި އެޑްމިޓުކޮށްފަ އެވެ.

ހަތް ދަރިންގެ މަންމައެއް ކަމަށްވާ ހަދީޖާއަކީ އެރަށު އެންމެނާއި ވެސް ގުޅޭ މީހެކެވެ. ހިރިނުލެވޭ ވަރަށް ބޮލުގައި ރިއްސާ އެނބުރުން އަރާތީ ހަދީޖާ ޑޮކްޓަރަށް ދެއްކީ މީގެ ދެ ދުވަސް ކުރިންނެވެ. އަދި ސީޓީ ސްކޭނެއް ހެދުމަށް ޑޮކްޓަރުން ލަފާދިންއިރު އޭނާގެ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާކަން އެނގުނީ އެހިސާބުންނެވެ.

"ކުރިން އުޅުނީ ލޯ ފުސްވާތީ. ދެން ލޮލުގެ މައްސަލައެއް ކަމަށް ދައްތަ ވެސް ހީކުރީ. މިފަހަރު ވެސް ކޮންމެހެނުން ޑޮކްޓަރަށް ދައްކާކަށް ނޫން ދައްތަ މާލެ ދިޔައީ. ދައްތަގެ ދަރިއަކު ކައިވެނި ކުރާތިވެ ދިޔައީ. ދެން ކަނޑު ބޯޓުގަ ދިޔަމަ މޭނުބައިކޮށްފަ ބޯއަނބުރާތީ އުޅޭތީވެ މެޑިކާއަށް ދެއްކީ. އެހިސާބުން އެނގުނީ." ހަދީޖާގެ ބަލި ހާލަތު "ސީއެންއެމް" އަށް ކިޔައިދެމުން އޭނާއަށް ބޮޑު ދައިތަ ކިޔާ މީހަކު ބުންޏެވެ.

އެމީހާ ބުނީ، ހަދީޖާގެ ސިކުނޑީގައި އުފެދިފައިވާ ޓިއުމަރު އިނީ ސިކުނޑީގެ މައި ނާރާއި ގުޅިފައިކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އޮޕަރޭޝަން ކުރާ ވަގުތު ގިނަ އަދަދެއްގެ ލޭ ހަށިގަނޑުން ބޭރުވެދާނެ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.

"ވަރަށް ރިސްކު ބޮޑު ކަމަށް ޑޮކްޓަރުން ބުނީ. ހަށިގަނޑުން ވަރަށް ގިނަ ލޭ ބޭރުވާނެތީވެ އޮޕަރޭޝަނަށް ފަހު ފަސް ދުވަހު އައިސީޔޫގައި ބާއްވާނެ ކަމަށް ބުނީ. އެހެންވެ ކޮންމެ ދުވަހަކު އަށް ހާހާއި ދިހަ ހާހާއި ދެމެދުގެ އަދަދަކަށް ފައިސާ ހަރަދު ވާނެ އެމީހުން ލަފާކުރޭ." ބޮޑު ދައިތަގެ ހާލު އިތުރަށް ކިޔައިދެމުން އެމީހާ ބުންޏެވެ.

"ޑޮކްޓަރުން ބުނީ ވަގުތު ނެތް ކަމަށް. ވަރަށް އާޖެންޓު ކޮށް އޮޕަރޭޝަން ކުރަން ޖެހޭ ކަމަށް. މިވަގުތު ފްލައި ކުރުން ވެސް ދައްތައަށް މަނާ ކޮށްފަ އޮތީ." ޑރ. ނިޔާފައި ނާރުގެ ޑޮކްޓަރު ލަފާއެރުވި ކަމަށް ބުނެ އޭނާ ބުންޏެވެ.

ހަދީޖާގެ ހަޔާތަށް އައި ކުއްލި ކޮޅިގަނޑާއެކު އޭނާގެ ރަށުގައި ތިބި ދަރިން ވެސް މިހާރު ތިބީ މާލޭގަ އެވެ. އަބަދުވެސް ހިނިތުންވެފައި ހުންނަ ހަދީޖާގެ މޫނު މައްޗަށް އަލުން ހިނިތުންވުން ގެނައުމަށް މިއަދު އެއާއިލާ ވަނީ ނޮޅިވަރަމްފަރުގައި ވެސް ފަންޑު ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

އާސަންދައިން ހަދީޖާގެ ބޭސްފަރުވާގެ ތިން ބައިކުޅަ އެއް ބައި ދައްކައިދެ އެވެ. އެކަމަކު، ބާކީ ހަރަދުތައް ކުރާހާއި އާއިލާގެ ތަނަވަސްކަން ނެތްއިރު ހަދީޖާގެ ފުރާނަ ސަލާމަތް ކުރުމަށް އެއާއިލާއިން ނުހަނު އާދޭހާއެކު އެންމެހާ ފަރާތްތަކުގެ ކިބައިން އެހީތެރިކަމަށް އެދެ އެވެ.

އެކައުންޓު ނަމްބަރު: 7730000001928 ހުސެއިން ނިއުޝާދު/ 7706347407101 ބަޝީރާ ޖައުފަރު
ފޯނު ނަމްބަރު: 9885878 ހުސެއިން ނިއުޝާދު (ހަދީޖާގެ ދަރިއެއް)


ނޯޓް: ސީއެންއެމް އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާ އާއި ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދިއުން އެދެމެވެ.
ހިޔާލު

ހަވާ

މިސަރުކާރުގަ ފަނޑް ފޮށި ބެހެއްޓުން ވަރަށް ލަދުވެތި ކަމެއް ސޯލިހު ސަރުކާރުން ހުރިހާ ކަމެއް ހަމަގމޖައްސައިދޭނެ.

އެއްކަލަ ގޮލާ

އަވަސް ޝިފާއަކަށް އެދެން.