Fuluhunah Alhaa Flat thah Minister Imran Ballavalavvaifi
image
މިނިސްޓަރު އިމްރާނާއި ކޮމިޝަނާ އޮފް ޕޮލިސް ހަމްދޫނު--
1 ކޮމެންޓް
 

ފުލުހުންނަށް އަޅާ ފުލެޓްތައް މިނިސްޓަރު އިމްރާން ބައްލަވާލައްވައިފި

ދައުލަތުގެ ބަޖެޓުން ލޯނުދީގެ ފުލުހުންނަށް އަޅަމުންދާ ފުލެޓްތައް ބައްލަވާލެއްވުމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިއަދު ޒިޔާރަތް ކުރައްވައިފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ބުލޫސްގެ ދަށުން ފުލުހުންނަށް ހުޅުމާލޭގައި އިމާރާތްކުރަމުންދާ ފުލެޓްތައް ހޯމް މިނިސްޓަރު އިމްރާން ބައްލަވާލައްވައިފި ކަމަށެވެ.


ފުލުހުންނަށް 300 ފުލެޓް އެޅުމުގެ މަޝްރޫއު ހުޅުމާލޭގައި އިފްތިތާހްކޮށްފައި ވަނީ 2013 ވަނަ އަހަރު އޭރުގެ ހޯމް މިނިސްޓަރު ޑރ.މުހައްމަދު ޖަމީލު އަހްމަދެވެ.

ހުޅުމާލޭގައި ފުލުހުންނަށް ފުލެޓް އެޅުމަށް 580 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އޭރު ވަނީ އިއުލާންކޮށްފައެވެ. އެހެން ނަމަވެސް ދެ އަހަރު ތެރޭގައި ނިންމުމަސް އިއުލާންކޮށް ފެށުނު މަސައްކަތަށް އެކިއެކި ސަބަބުތަކާ ހުރި އަދިވެސް ނިމޭ ގޮތް ވަނީ ނުވެފައެވެ.

އެންމެ ފަހުގެ ތަފާތު ހިސާބުތަކަށް ބަލާއިރު، ހުޅުމާލޭގެ ފުލުހުންނަށް ފުލެޓް އެޅުމަށް ފިނޭންސް މިނިސްޓްރީ ފުލުހުންނަށް 300 މިލިއަންނަށް ވުރެ ގިނަ ފައިސާގެ ލޯނު ވަނީ ދޫކޮށްފައެވެ.
ހިޔާލު

ލަކޫ

މަތް ﷲ މިނިސްޓާރ އިމުރާނުގެ މަސައްކަތުގައި ބަރަކާތް ލައްވައި ހެޔު ތައުފީޤު މިންވަރު ކުރައްވާށި ! ތައުލީމީ ޒުވާނުން އިމުރާނު ފަހައްޕުޅުގައި ޤައުމު އާރާސްތު ކުރުމަށް އަތުކުރި އޮޅާލައްވައިގެ ހީވާގިވެރިވެ ލައްވާ !