Hiyaanaathuge zinma nagan jeheynee kunfunithakuge verin: Raees yameen
image
ޕީޕީއެމްގެ ކެމްޕެއިން ހަރަކާތެއްގައި ރައީސް ޔާމީން: ފައިލް ފޮޓޯ
2 ކޮމެންޓް
 

ހިޔާނާތުގެ ޒިންމާ ނަގަންޖެހޭނީ ކުންފުނިތަކުގެ ވެރިން: ރައީސް ޔާމީން

ނިމިދިޔަ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސަރުކާރުގެ ކުންފިނިތަކުން ހިޔާނާތުގެ އަމަލުތައް ހިންގާފައިވާނަމަ އެކަމުގެ ޒިންމާ ނަންގަނަވް ޖެހިވަޑައިގަންނަވާނީ އެތަންތަނުގެ ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުންކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވައްކަމާއި ހިޔާނާތުގެ އެތައްކަމެއް ހިންގާފައިވާކަމަށް ތުހުމަތު ކުރެވެއެވެ. އަދި ރައީސް ޔާމީނާއި ސިޔާސީގޮތުން ވާދަވެރި ފަރާތްތަކުންވެސް އަންނަނީ އެކަންކަމާއި ރައީސް ޔާމީނާ ގުޅުވައިގެން ވާހަކަ ދައްކަމުންނެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބަށް 18 ފަރާތަކަށް ޕީޕީއެމްގެ ޓިކެޓް ދިންކަން އިއުލާނު ކުރުމަށް ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިން ކުރިމަތިކުރުވު ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ކުންފުނިތައް ހިންގަނީ އެތަންތަނުގެ ބޯޑުން ކަނޑައަޅާގޮތެއްގެ މަތިން އެތަންތަނުގައި ވެރިންގެ ގޮތުގައި ތިއްބަވާ ފަރާތްތަކުން ކަމުގައެވެ.

ކުންފުނިތަކުން ހިޔާނާތުގެ އަމަލުތަކެއް ހިންގާފައިވާނަމަށް އެކަންކަން ރައީސް ޔާމީންގެ ބޮލުގައި ނޭޅުވޭނެކަމަށާއި އެފަދަކަމެއް ހިންގާފައިވާނަމަ ޒިއްމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ އެ ކުންފުނި ތަކުގެ ވެރިންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ކުންފުނިތަކުން ކުރާ ހަރަދުތަކުގެ ޒިއްމާ ނަގަން ޖެހޭނީ ކުންފުނީގެ ބޯޑާއި ކުންފުނީގެ އިސްވެރިން ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންވާ ބޭފުޅަކީ ކުންފުނިތަކުން ކުރާ ކަންކަމުގެ ޒިއްމާ ނަންގަންވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމުގައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް ޔާމީނާއި ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކަށް ނާޖާއިޒް ގޮތުގައި ސަރުކާރުގެ ކުންފުނިތައް ބޭނުންކޮށްފައިވާކަމުގެ ތުހުމަތުތައްދަނީ ކުރަމުންނެވެ.
ހިޔާލު

ރެކިފުތާ

ރާއްޖޭގައި ހުރި ބޮޑެތި ކުންފުނިތަކަކީ ސީދާ ޔާމިނުގެ އަމިއްލަ ކުންފުނިތަކަށް ހަދައިގެން އުޅޭތާ އެތަކެއް ޒަމާނެއްވެއްޖެ. ޢެސްޓިއޯ ގެ ތެލުގެ ވަގުވިޔަފާރި އަކީ މިކަމުގެ ހެއްކެތް.

އަޑު

ފާތުން ނަގާކަށް ނުޖެހޭނެ ދޯ؟