Mubaaraathuge favourite innakee kobaa
image
ސިޔާމް- މައުރޫފް ސޮކަރ ކަޕް 2017 ޗެންޕިއަން ޓީމް މިލަދޫ : ފޮޓޯ
2 ކޮމެންޓް
 

ސިޔާމް-މައުރޫފް ކަޕް: މުބާރާތުގެ ފެވަރިޓުންނަކީ ކޮބާ؟

ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ އަގުބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ “ސިޔާމް-މައުރޫފް ސޮކަރ ކަޕް 2018 ނ. ކެނދިކުޅުދޫގައި މިހާރު ފެށިގެން ކުރިއަށްދާއިރު ގިނަބައެއްގެ ހިތުގައި އުފެދޭ ސުވާލަކީ މި ފަހަރުގެ މުބާރާތުގެ ފެވަރިޓުންނަކީ ކޮބައިތޯ އާއިމެދު ކުރެވޭ ސުވާލެވެ. leaward
މިފަހަރުގެ މުބާރާތަށް ޓީމުތައް ތައްޔާރުވެފައިވާ ގޮތަށާއި އަދި އަތޮޅުގެ ރަށްތަކުގެ ޓީމުތަކަށް ކުޅުންތެރިން ޖަމާވެފައިވާގޮތަށް ބަލާއިރު މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ޓީމުތަކެއް ސޯޓްލިސްޓް ކޮށްލެވިދާނެއެވެ.

ކެނދިކުޅުދޫ - މިފަހަރުގެ މުބާރާތަށް ރަސްމީކޮށް އެންމެފުރަތަމަ ޕްރެކްޓިސްފެށި ކެނދިކުޅުދޫ ޓީމު ފާހަގަކުރެވިފައިވަނީ މިފަހަރުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދަށްކާނެޓީމެއްގެ ގޮތުގައެވެ. މުބާރާތުގައި މިހާތަނަށް 1 މެޗުކުޅެފައިވާއިރު އެމެޗުގައި ގޯލެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެޓީމުގެ ފަރާތުންވަނީ މޮޅުކުޅުމެއް ފެނިގެން ގޮސްފައެވެ.

ކޭކޭއެފްސީގެ ޓީމަށް ރާއްޖޭގެ ފެންވަރުގެ މޮޅު ކޯޗެއް ގެނެސްފައިވާއިރު މިބާރާތް ބޭއްވޭ ރަށުގައި ތަށި ބެހެއްޓުމަށްޓަކައި އެރަށަށް ނިސްބަތްވާ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް މިހާރުވަނީ އެރަށުގެ ޓީމާއި ގުޅިފައެވެ.

މިލަދޫ - މިފަހަރުގެ މުބާރާތަށް މިލަދޫ އެފްސީ ނިކުންނާނީ ނިމިދިޔަ މިމުބާރާތުގެ ޗެމްޕިއަންޓީމުގެ ހައިސިއްޔަތުން މުބާރާތުގެ ތަށި ދިފާއުކުރުމުގެ އަޒުމުގައެވެ. މި މުބާރާތަށް ޓަކައި މިލަދޫއިންވަނީ ރާއްޖޭގެ ފެންވަރުގެ ކޯޗެއް ގެނެސްފައެވެ. މިގޮތުން މިލަދޫޓީމަށް މި އަހަރުގެ މުބާރާތުގައި އިރުޝާދު ދޭނީ ވޭތުވެދިޔައަހަރު ލަންދޫގެ ޓީމަށް އިރުޝާދުދިން އަޙްމަދު އިރުފާން (އިރޭ) އެވެ.

މިލަދޫ ޓީމަށް މިއަހަރު ދިމާވެފައިވާ އެންމެބޮޑު އެއް ގޮންޖެހުމަކީ އެޓީމުގެ ފުރަތަމަ އެގާރައަށް އަރާ ގިނަކުޅުންތެރިންތަކެއް ޅ.ކުރެއްދޫގައި އޮންނަ މުބާރާތަކަށް ކުޅެންޖެހުމުން އެސްއެމްއެސްކަޕްގެ ބައެއް މެޗުތަކަށް އެ ކުޅުންތެރިންނަށް އާދެވެން ނެތުމެވެ. މިލަދޫގެ އިސްއޮފިޝަލަކު މަޢުލޫމާތު ދެއްވިގޮތުގައި މިފަހަރު މިލަދޫއިން ނިކުންނަ ޓީމުގައި މުޅިން އަލަށް އެޓީމަށް ކުޅޭ ޒުވާން ހަތަރުވަރަކަށް ކުޅުންތެރިން ފެނިގެންދާނެއެވެ.

ހޮޅުދޫ - އެސްއެމްއެސް ކަޕްގެ ތާރީޙުގައި އެންމެ ކާމިޔާބު އެއްޓީމުކަމަށްވާ ހޮޅުދޫ އެފްސީ މިފަހަރު ނިކުންނަނީ ވޭތުވެދިޔަ އަހަރު އެޓީމުގެ ފަރާތުން ފެނިގެން ދިޔަ ފުޓްބޯޅައިގެ ރީތިކަން ގެއްލޭފަދަ ހުރިހާކަމެއް ދޫކޮށްލުމަށްފަހު ސީދާތަށި ހޯދުމަށްކަމަށްވާއިރު މިފަހަރުގެ މުބާރާތުގައި ހޮޅުދޫގެ ފަރާތުން މޮޅުކުޅުމެއް ފެނިގެން ދާނެކަމަށް ޤަބޫލްކުރެވެއެވެ.

ހޮޅުދޫޓީމަކީ އެވްރެޖުގޮތެއްގައި އެއްލެވެލްއެއްގެ ކުޅުންތެރިންތަކެއް ހިމެނޭ ޓީމަކަށްވާއިރު އެޓީމުގެ އެޓޭކުގައި މިފަހަރު އެންމެ އިސްދަޢުރެއް އަދާކުރަމުންދާނީ ނިމިދިޔަ ޒޯން މުބާރާތުގައި ށ. ފޯކައިދޫޓީމަށް ކުޅުނު ފޯވާޑަށްވުމީ މި މުބާރާތުގައި އެޓީމުގެ ވިދުންގަދަވެގެން ދާނެކަމެކެވެ. ހޮޅުދޫޓީމަށް ބަލާއިރު އެރަށަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން 1 ކުޅުންތެރިއަކު ފިޔަވާ ހުރިހާ ކުޅުންތެރިން މިފަހަރުގެ ހޮޅުދޫޓީމުގައި ހިމެނެއެވެ.

ލަންދޫ - ނިމިދިޔަ އަހަރުގެ އެސްއެމްއެސްކަޕްގެ ރަނައަޕް ޓީމުކަމަށްވާއިރު މިފަހަރުގެ މުބާރާތަށް އެޓީމުގެ ފަރާތުންވެސް އަންނަނީ ވަރަށް ކުރިއާލައި ތައްޔާރުވަމުންނެވެ. މިގޮތުން އެޓީމުންވަނީ ކުލަބު އީގަލްސްގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ލަންދޫއަށް އުފަން ހަސަން މާހިރު (މާއްޓޭ) ގެނެސް ވަރަށްކުރިން ޕްރެކްޓިސްފަށާފައެވެ.

ލަންދޫއަށް ނިސްބަތްވާ ގިނަކުޅުންތެރިންތަކެއް ލަންދޫޓީމުގައި މިހާރުވެސް ހިމެނިފައިވާއިރު އެޓީމުގެ މެނޭޖުމަންޓުން މަޢުލޫމާތު ދެއްވިގޮތުގައި އެޓީމުގެ މަޤްޞަދަކީ ވޭތުވެދިޔަ އަހަރުގެ ނަތީޖާ ތަކުރާރުކޮށް މުބާރާތުގެ ތަށި ލަންދޫއަށް ގެނައުމެވެ.

ޖުމުލަ ގޮތެއްގައި މުބާރާތަށް ހުރިހާ ރަށަކުންވެސްވަނީ ތައްޔާރުވެފައެވެ. އެގޮތުން މަނަދޫ އަންނަނީ ރަނގަޅު ކުޅުމެއް ދައްކާ ޒުވާން ކުޅުންތެރިންގެ ތަފާތު ދައްކަމުންނެވެ. ކުދަފަރި ވެސް ތަފާތު ވާނެ ކަމަށް މިހާރު ވަނީ ބެލެވެނ ފަށާފައެވެ، ސަބަބަކީ ގައުމީޓީމްގެ ޑިފެންޑަރެއް ކަމަށްވާ ސަމުދޫހު ގާސިމް މިފަހަރުޓީމާ ގުޅިފައިވަނީ ވަރަށް ރަނގަޅު ފޯމެއްގަ ހުރުމުން އޭނަގެ ތަޖުރިބާ ޓީމުގައި މުހިއްމު ދައުރެއްކަމުގައި ވަަނެތީއެވެ. ގައުމީ ޓީމް އަށް ގިނަ ކުޅުންތެރިން ނެރޭ ރަށެއް ކަމަށވާ މާފަރު ޒުވާން ޓީމަކާއެކު ދަނީ ތަށްޓަށް އަމާޒް ހިފާފައެވެ.

އެންމެ ފަހުގެ މުބާރާތް ބޭއްވި މާޅެންދޫ އިން ވަނީ މޮލު ކުޅުމެއް ދައްކާ އެހްން ޓީމުތަކަސް ބިރަކަށްވެފައެވެ. މުބާރާތުގައި 11 ޓީމް އަކުން ބައިވެރި ވަފައިވާއިރު ދެން ބާކީ ހުރި ޓީމުތަކުން ވެސް ތަފާތު ކުޅުމެއް ފެނިދާނެ ކަމާމެދު މިހާރު ވަރަށް ބޮޑަށް ވަނީ ބެލެވިފައެވެ. މިގޮތުން ނިމިދިޔަ މުބާރާތުަގައި ވެލިދޫ އަދި ހެނބަދޫ ދައްކަފައިވާ މޮޅު ކުޅުން ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެހެންކަމުން މިފަހަރުގެ އެންމެ މޮޅު ޓީމެއް އެނގޭނީ މުބާރަތް ނިމުމުން ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެވެއެވެ.

މި މުބާރާތަކީ ނ. އަތޮޅުގެ ހުރިހާ ރަށަކަށް އަމާޒްކޮށް ކެނދި ކުޅުދޫ ދާއިރާގެ މެމްބަރ އަލީ މައުރޫފް އާ އެމް ޑީއޭގެ ލީޑަރ އަހުމަދު ސިޔާމް މުހައަމަދު އިސް ނެންގެވުމަށް ބާއްވާ މުބާރާތެކެވެ. މުބާރާތުގެ ޗެންޕިއަން ޓީމަށް މިފަހަރު ހަ ލައްކަ (600000) ރުފިޔާ ރުފިޔާ އަދި ރަނަރަޕް ޓީމަށް އެއްލައްކަ (100000) ރުފިޔާ ހުށައެޅިފައިވާ މި މުބާރާތް ވެގެން ގޮސްފައިވަނީ ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ފުޓްބޯޅަ މުބާރާތަށެވެ. ނޮވެމްބަރ 24 އިން ޑީސެމްބަރ 24 އަށް ނ. ކެނދިކޮލުގައި ކުރިއަށް ދާ މި މުބާރަތް މިފަހަރު ފައްޓަވައި ދެއްވީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހުލޫފް އެވެ.

ކުޅިވަރު ފުޓްބޯޅަ
ހިޔާލު

ހެނބަދޫ ސަމީ

މިފަހަރުގެ ފޭވަރިޓުން ނަކީ ރެފުރީން. ވަރަށް ފައްކާ

ނޫނު އަތޮޅު މީހާ

މައުލޫމާތު ރަނގަޅަށް ނޭނގި ލިއެފަ އޮތް ލިއުމެއް. ވަރަށްވެސް ދަށް ލިއުމެއް.