Salah Ge Hattrick Aaeku Salah Thaavaluge 1 Vana Ah
image
0 ކޮމެންޓް
 

ސަލާހްގެ ހެޓްރިކާއެކު ލިވަޕޫލް ތާވަލުގެ އެއް ވަނައަށް

ޕްރިމިއާ ލީގުގައި މިރޭ ބޯންމަތު އަތުން ހޯދި މޮޅާއެކު ލިވަޕޫލު ތާވަލުގެ އެއް ވަނައަށް ޖެހިލައިފި އެވެ.
ލިވަޕޫލުން ބޯންމަތުގެ މައްޗަށް ކުރި ހޯދީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ބޯންމަތުގެ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލުގެ ފޯވާޑް މުހައްމަދު ސަލާހް ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ. މި މެޗުގައި އެޓީމުން ކާމިޔާބު ކުރި 4 ވަނަ ލަނޑަކީ ބޯންމަތު ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތްލަނޑެކެވެ.

މިރޭ ލިވަޕޫލުން ހޯދި ތަފާތު ބޮޑު މޮޅާއެކު އެޓީމު ތާވަލުގެ އެއް ވަނާގައި އޮތީ ކުޅުނު 16 މެޗުން 42 ޕޮއިންޓު ހޯދައިގެންނެވެ. ދެ ވަނާގައި އެއް މެޗު މަދުކޮށް ކުޅެފައިވާ ސިޓީ އޮތީ 41 ޕޮއިންޓާއެކު އެވެ. އަދި ތިން ވަނާގައި އޮތް ޗެލްސީއަށް ލިބިފައިވަނީ 31 ޕޮއިންޓެވެ.
ހިޔާލު