Bhansali Ge kuriah Oiy Film Gai Salman Aai Anushka
image
ސަލްމާން އާއި އަނުޝްކާ--
0 ކޮމެންޓް
 

ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ސަލްމާނާއި އަނުޝްކާ؟

ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމުގައި ސަލްމާން ހާނާއި އަނުޝްކާ ޝަރްމާ އެކުގައި ފެނިގެންދާނެ ކަމަށް ހަބަރުތައް ބުނެފިއެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ފުރަތަމަ ފަހަރަށް ސަލްމާން އާއި އަނުޝްކާ އެކުގައި މަސައްކަތްކޮށްފައި ވަނީ އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް ނެރުނު ފިލްމު "ސުލްތާނު" ގައެވެ. އެފިލްމުގެ ޝޫޓިންގެ ތެރެއިން ދެމީހުންގެ މެދުގައި އޮތް އެކުވެރިކަން ބަދަހިވެގެން ދިޔައިރު ދާދިފަހުން ސަލްމާން ވަނީ އޭނާ ބަންސާލީއާއެކު މަސައްކަތް ކުރަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

މިއަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ޕަރީ" ގައި މަސައްކަތްކުރި އަނުޝްކާ އަދި އާފިލްމަކަށް ސޮއިކޮށްފައި ނުވާއިރު ސަލްމާން މަސައްކަތް ކުރާ ސަންޖޭގެ ކުރިއަށް އޮތް ފިލްމުގެ ބަތަލާއަކަށް އަނުޝްކާގެ ނަން ސަލްމާން ދީފައިވާކަމަށް ހަބަރުތައް ބުނެއެވެ.

އުމުރުން 30 އަހަރުގެ އަނުޝްކާ މިވަގުތު އުޅެމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ޒީރޯ" ގެ ޕްރޮމޯޝަންތަކުގައި އަވަދިނެތިއެވެ. އަނަންދު އެލް ރާއީ ޑައިރެކްޓުކޮށް މިމަހުގެ 21 ގައި ނެރޭ އެފިލްމުގައި ޝާހް ރުކް ހާނާއި ކެޓްރީނާ ވެސް ފެނިގެންދާނެއެވެ.

އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް އަންނަ އަހަރު ނެރޭ ފިލްމު "ބާރަތު" ގެ ޝޫޓިންތަކުގައި ސަލްމާން މިހާރު އުޅެމުން އަންނައިރު އެފިލްމުގައި އޭނާއާއެކު ކެޓްރީނާ ފެންނާނެއެވެ. ސަލްމާން އެންމެ ފަހުން ފެނިފައިވަނީ މިއަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ރޭސް3" އަކުންނެވެ.
ހިޔާލު