Ayushmann aai Bhumi Anekka ves hfilmakun
image
އަޔުޝްމަން އާއި ބޫމީ---
0 ކޮމެންޓް
 

އަޔުޝްމަން އާއި ބޫމީ އަނެއްކާވެސް ފިލްމަކުން

ބޮލީވުޑު އެކްޓަރ އަޔުޝްމަން ކުރާނާ އާއި ބޫމި ޕެޑްނޭކަރް އެކުގައި އަނެއްކާވެސް ފިލްމެއްގައި މަސައްކަތް ކުރަން ނިންމައިފިއެވެ.
އަޔުޝްމަން އާއި ބޫމީ ވަނީ މީގެ ކުރިން އެކުގައި ދެ ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. ގިނަ ބަޔަކަށް ދެތަރިން އެކުގައި ކޮށްފައިހުރި މަސައްކަތް ކަމުގޮސްފައިވާއިރު ދެމީހުން ދެން ފެނިގެންދާނީ އަމަރް ކައުޝިކް ގެ ފިލްމަކުންނެވެ.

އެފިލްމަށް ކިޔަނީ 'ބަލާ' އެވެ. ފިލްމުގައި އަޔުޝްމަން ފެނިގެންދާނީ ބޮލުން އިސްތަށިފައިބާތީ އުޅޭ މީހެއްގެ ރޯލުންނެވެ. އަދި ބޫމީ ފެނިގެންދަނީ އާދައިގެ އަވަށެއްގެ ދިރިއުޅެމުން އަންނަ ކަޅު ކުއްޖެއްގެ ރޯލުންނެވެ. ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ މާރޗް މަހުގައި ފަށާއިރު ފިލްމު ނެރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރުގައެވެ.

ފިލްމުގައި ފެނިގެންދާނެ އިތުރު ކާސްޓުންގެ ނަން އަދި ހާމަކޮށްފައެއް ނުވެއެވެ. އަޔުޝްމަން އާއި ބޫމީ އެކުގައި ފެނިގެންދިޔައީ 2015 ވަނަ އަހަރު ނެރުނު ފިލްމު 'ދަމް ލަގާ ކެ ހައިޝާ' އަދި 2017 ވަނަ އަހަރު ނެރުނު ފިލްމު 'ޝުބް މަންގަން ސާވްދާން' އިންނެވެ.

އަޔުޝްމަން ދެން ފެނިގެންދާނީ ނުޝްރަތު ބަރޫޗާ އާއެކު 'ޑްރީމް ގާލް' އިންނެވެ. އަދި ބޫމީ ފެނިގެންދާނީ ސޮންޗިރިޔާ އިންނެވެ.
ހިޔާލު