Loluge Fenumaai Lo Varugadha Kurumah Kurevidhaane Baeh Kankan
image
ލޮލުގެ ފެނުމާއި ލޯ ވަރުގަދަ ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން--
1 ކޮމެންޓް
 

ލޮލުގެ ފެނުމާއި ލޯ ވަރުގަދަ ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން

ލޮލަށް ދިމާވާ މައްސަލަ ތަކަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މިއީ ކޮންމެ އުމުރެއްގެ މީހަކަށްވެސް ދިމާވެދާނެ މައްސަލައެކެވެ. ބައެއް ފަހަރު ލޮލުގެ މައްސަލަތައް ދިމާވަނީ ލޮލަށް ދޭންވީ އެންމެ އެކަށޭނެ އަޅާލުން ނުލިބޭތީއެވެ.
ލޮލުގެ ފެނުމާއި ލޯ ވަރުގަދަ ކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:

ރަނގަޅަށް ކެއުން
ކޮންމެ ދުވަހަކު ކައި އުޅޭ އެއްޗެހީގައި ލޮލުގެ ސިއްހަތަށް ރަނގަޅު ކާނާ ހިމެނުމަކީ މުހިންމުކަަމެކެވެ. އޭގެތެރޭގައި ފެހި ފަތް ކެއުން ގިނަ ކުރުމާއި އިހި، ރަަތް ކަކުނި ފަދަ ސީ ފުޑްއާއި، "ޒިންކް" ކިޔާ ކެމިކަލް އެއް އެކުލެވޭ ކާނާ ކެއުން ގިނަ ކުރިމަކީވެސް ކުރެވިދާނެ ކަމެކެވެ. އަދި ހަމަ އެހެންމެ ލައްޓި، ތަރުކާރީ، ބިސް، މަދު، ބީންސް، ކިރު، އޮރެންޖު އަދި ހުތް ލުނބޯ ބޭނުން ކުރެވިދާނެއެވެ. އޭގެ އިތުރުން ވިޓަމިން ސީ އަދި އީ ހިމެނޭކާނާ ކެއުން ގިނަކުރުމަކީ އެކި އުމުރުތަކުގައި ލޮލަށް ޖެހޭ ބަލިތަކުން ސަލާމަތް ވުމަށް ކުރެވޭނެ ކަމެކެވެ.

އަތްވަށް ނިކުންނަ އިރު އަވި އައިނު އެޅުން
ރަނގަޅު އަވި އައިނަކުން ލޯ އަވިން ސަލާމަތްކޮއްދިނުމުގެ އިތުރުން އިރުން ދޫކުރާ "އަލްޓްރާވައިލެޓް ރޭސް" އިންވެސް ލޯ ސަލާމަތް ކޮއްދޭނެއެވެ. މާގިނައިން މި ރޭސް ލޮލަށް އެޅުމުން ލޮލުގެ ނާރުތައް ފިތި ލޮލުގެ ފެނުން ފުސްވުމަކީ ގާތް ކަަމެކެވެ. އެހެން ކަމުން އަވިއައިނެއް ގެނގުޅުމަކީވެސް ލޮލަށް ދެވޭ ފަރުވާއެކެވެ.

މޭކަޕް ކުރުމަށް ފަހު ލޯ ރަނގަޅަށް ސާފުކުރުން
ނިދުމުގެ ކުރިން ލޮލުގައި ކޮށްފައި ހުންނަ މޭކަޕު ފިލުވުމަކީ ވަރަށް މުހިންމު ކަމެކެވެ. ލޮލުގައި އުނގުޅާ މޭކަޕް ކުނޑިކޮޅެއް ސަބަބުންވެސް ލޮލަށް ގެއްލުން ލިބިދާނެއެވެ.

މިކަންތަކުގެ އިތުރުން މާގިނައިރު ކޮމްޕިއުޓަރު ކުރިމަތީގައި ހޭދަނުކުރުމާއި ބޮކި ލައިޓް ފަދަ އަލިގަދަ ތަކެއްޗަށް ނުބެލުން މުހިންމެވެ. އަދި ލޮލުގައި އެއްވެސް މައްސަލަ އެއް އުޅޭނަމަ އަވަހަށް ޑޮކްޓަރަކަށް ދެއްކުން މުހިންމެވެ.
ފޭޑި ސިއްހަތު
ހިޔާލު

ibrahim nazim

"ޒިންކް" ކިޔާ ކެމިކަލެއްތަ؟ ނޫނީ އެއީ މައުދަނެތްތަ؟