Kaivenyyah Fahu Priyanka ge Namuge Fahathah Jonas
image
ނިކް އާއި ޕްރިޔަންކާ---
0 ކޮމެންޓް
 

ކައިވެންޏަށްފަހު ޕްރިޔަންކާގެ ނަމުގެ ފަހަތައް ޖޯނަސް

މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ، އޭނާގެ ލޯބިވެރިޔާ ނިކް ޖޯނަސް އާ ކައިވެނިކުރުމަށްފަހު ރަސްމީކޮށް އޭނާގެ އިންސްޓާގުރާމު އެކައުންޓުގެ ނަމުގެ ފަހަތައް ޕްރިޔަންކާ ޗޯފްރާ ޖޯނަސްގެ ނަމަށް ބަދަލުކޮށްފިއެވެ.
އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކް މިމަހު އެއްވަނަ ދުވަހު ކައިވެނިކޮށްފައިވާއިރު އެމީހުންގެ ކައިވެނި ހަފުލާ އޮތީ އިންޑިއާގެ ޖޯދްޕޫރުގެ އުމައިދު ބާވަން ޕެލަސްގައެވެ. ކައިވެނި ކުރިކަން އިއުލާނުކުރުމަށް ފަހު ޕްރިޔަންކާ އާއި ނިކް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެމީހުންގެ ސަޕޯޓަރުންނަށް އެކަން އެންގިއިރު ކައިވެނީގެ ފޮޓޯތައް މިހާރު ވަނީ ހިއްސާކޮށްފައެވެ.

ކައިވެންޏަށް މިހާރު ހަފްތާއެއް ވެފައިވާއިރު ޕްރިޔަންކާ އޭނާގެ އިންސްޓާގުރާމު އެކައުންޓުގެ ނަން ބަދަލުކޮށްފައިވަނީ މީގެ ދެދުވަސް ކުރިން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕްރިޔަންކާ އާއި ނިކް ވަނީ ވެސްޓާން ސްޓައިލަށާއި އިންޑިއަން ސްޓައިލަކަށް ވެސް ކައިވެނި ކޮށްފައެވެ. އުމުރުން 36 އަހަރުގެ ޕްރިޔަންކާ އާއި 26 އަހަރުގެ ނިކް އެންމެ ފުރަތަމަ އެކުގައި އާއްމުންގެ ތެރެއަށް ނުކުފައި ވަނީ މިދިޔަ އަހަރުގެ މެޓް ގާލާ އިވެންޓުންނެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު ފެތުރުނީ މިއަހަރުގެ ކުރީކޮޅެވެ.

ދެހާސް ވަނަ އަހަރު މިސް ވޯލްޑްގެ ލަގަބު ހޯދި ޕްރިޔަންކާ ވަނީ ބޮލީވުޑުގެ 50 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ. ބޮލީވުޑުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ އަންހެން އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕްރިޔަންކާ ހޮލީވުޑަށް ތައާރަފުވީ، ޓީވީ ސީރީޒް، ކުއަންޓިކޯ އިންނެވެ.
ހިޔާލު